އިންތިހާބާއި ގުޅިގެން ކުރިއަށް އޮތް ދެ ދުވަހު ސަރުކާރު ބަންދު!
Inthihaabaai gulhigen kuri ah oiy dhe dhuvahu sarukaaru bandhu!
ކުރިއަށް އޮތް ދެދުވަހު ސަރުކާރު ބަންދުކުރުަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެޕްރީލު 5 ވާ އާދީއްތަ ދުވަހާއި، 2026 އެޕްރީލު 6 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ކުރުމަށް ރައީސް އޮފީހުން ވަނީ ނިންމާފައެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިގޮތަށް ހަމަޖެއްސެވީ، މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަދި އާންމުންގެ ހޮޔާލު ހޯދުމަށް ބޭއްވި އިންތިހާބާއި ގުޅިގެން، އިންތިހާބާ ގުޅޭ މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި، ސިވިލް ސާރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ އީސީ އިން އެކަމަށް އެދިފައިވާ ކަމަށެވެ.
ރައީސް އޮފީހުގައި ބަޔާނުގައި ބުނީ، އިންތިހާބަށް ފަހުގައި ވެސް، އިންތިހާބާއި ގުޅުން ހުރި ބައިވަރު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީވެ، ހޯމަ ދުވަހުވެސް ސަރުކާރު ބަންދުކުރުމަށް އީސީ އިން އެދިފައިވާތީވެ، އެދުވަސް ވެސް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.




