ގަމު ކައުންސިލްގެ އިންތިހާބީ ރައީސަކަށް އަފްސަލް!
Gamu council ge inthihabee raeesakah afsal!

ގަމު ކައުންސިލްގެ ފަސްވަނަ ދައުރުގެ އިންތިހާބު އެމްޑީޕީ ކެނޑިޑޭޓް އަފްސަލު ޖައުފަރު (އައްޕި) ކާމީޔާބުކޮށްފިއެވެ.
ދެން ކައުންސިލްގެ ރައީސް ކަމަށް އަފްސަލް އާ ވާދަކުރެއްވީ ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު އަރީފްއެވެ. އަފްސަލް އިންތިހާބު ކާމިޔާބުކުރެއްވީ، މުޅި ޖުމުލަ1392 ވޯޓުންނެވެ. އަރީފްއަށް ލިބުނީ 1278 ވޯޓެވެ.
ލޯކަލް ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް، ގަމުގެ ހަތަރު ސަރަހައްދުގައި ހުރި ވޯޓު ފޮށިތަކަށް ވޯޓު ލާފާއިވާއިރު، މާލޭގެ ވޯޓު ފޮށިތަކަށްވެސް ވަނީ ވޯޓުލާފައެވެ.
އަފްސަލް:
މުކުރިމަގު-269
މަތިމަރަދޫ-252
އާބާދު-262
ތުނޑި-262
މީގެއިތުރުން މާލޭ އާއި ހުޅުމާލޭގައި ބަހައްޓާފައިވާ ހަތަރު ވޯޓު ފޮށިން 347 ވޯޓު ވަނީ އަފްސަލް އަށް ލިބިފައެވެ. އަރީފް އަށް މާލެ އާއި ހުޅުމާލެއިން ލިބުނީ 297 ވޯޓެވެ.
އަރީފް:
މުކުރިމަގު-176
މަތިމަރަދޫ-259
އާބާދު-297
ތުނޑި-249
ކައުންސިލް މެމްބަރުންގެ ގޮނޑިއަށް ހޮވިފައިވަނީ ޕީއެންސީ އިން ވާދަކުރި ޝާހިދު މުޙައްމަދު އާއި އެމްޑީޕީ އިން ވާދަކުރި އިބްރާހީމް ރަޝީދުއެވެ
ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް ހޮވިފައިވަނީ، އެމްޑީޕީ ކެނޑިޑޭޓް ސަލްމާ އުމާރާއި، ޕީއެންސީގެ ކެނޑިޑޭޓް މަރްޔަމް އަނީސާއެވެ.




