އިސްދޫ އިން އެމްޑީޕީ ބަލިކޮށް ސުޕަަރ މެޖޯރިޓީ ޕީއެންސީ އަށް

Isdhoo in MDP balikoh super majority PNC ah

ލޯކަލް ކައުންސިލް އިންތިހާބުގައި އިސްދޫ ކައުންސިލްގެ ރައީސް ކަން ޕީއެންސީ ކެނޑިޑޭޓް އަހުމަދު ހަނީފް ކާމިޔާބުކުރައްވައިފިއެވެ.

އިސްދޫ ދާއިރާ އިން 15 ގޮނޑި ޕީއެންސީއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި 17 އަހަރަށްފަހު، އިސްދޫގެ ކައުންސިލްގެ ރައީސް ގޮނޑި އަދި މެޖޯރިޓީ މިވަނީ އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް ލިބިފައެވެ.

ހަނީފް ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފައިވަނީ، 431 ވޯޓާއެކު، އެމްޑީޕީ ކެނޑިޑޭޓް އަހުމަދު މާޖިދު ބަލިކުރައްވައެވެ. ކައުންސިލް މެންބަރުކަމަށް ޕީއެންސީ ކެނޑިޑޭޓް މޫސާ ނަޝީދު އަދި އަންހެނުންގެ ގޮނޑިއަށް ހޮވިފައިވަނީ ޕީއެންސީގެ އައިމިނަތު އަޒްލާއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމަށް ހޮވިފައިވަނީ، ޕީއެންސީ ކެނޑިޑޭޓް. ސަންފާ ސަހުމާއެވެ. ކޮމެޓީގެ މެންބަރުކަމަށް ހޮވިފައިވަނީ، އެމްޑީޕީ ކެނޑިޑޭޓް، ފާތިމަތު ފަރުހާނާ، ޕީއެންސީ ކެނޑިޑޭޓް އާމިނަތު ރަޝީދާއެވެ.

އިސްދޫގެ އާބާދީގެ 1045 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓު ލާފައިވަނީ 912 މީހުން ކަމަށް އީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments