ދަނބިދޫ ކައުންސިލްގެ ރައީސް ކަމަށް މިމްރާހު؛ ޑަބްލިއުޑީސީގެ ރައީސާ ކަަމަށް ރޮޒީ!
Dhanbidhoo council ge raees kamah mimraahu; WDC ge raeesaa kamah rosy!

ދަނބިދޫ ކައުންސިލްގެ ފަސް ވަނަ ދައުރަކަށް އެމްޑީޕީ ކެނޑިޑޭޓް އިބްރާހީމް މިމްރާހު ހޮވިފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމަށް ޕީއެންސީ ކެނޑިޑޭޓް ރޮޒީ އިބްރާހިމް ހޮވިއްޖެއެވެ.
ކައުންސިލްގެ ރައީސް ކަމަށް މިމްރާހު ހޮވިފައިވަނީ،331 ވޯޓާއެކު، ޕީއެންސީ ކެނޑިޑޭޓް ހުސެއިން ފަޒީލް ބަލިކުރައްވައެވެ. ފަޒީލް އަށް ލިބުނީ 287 ވޯޓެވެ.
މީގެއިތުރުން ކައުންސިލް މެންބަރު ކަމަށް ހޮވިފައިވަނީ އެމްޑީޕީ ކެނޑިޑޭޓް އަހުމަދު ރަޝީދުއެވެ. އަންހެނުންގެ ގޮނޑި ކާމިޔާބުކޮށްފައިވަަނީ، ޕީއެންސީ ކެނޑިޑޭޓް ސަފްރާ މުހައްމަދުއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ކަން ރޮޒީ އިބްރާހިމް ކާމިޔާބުކުރީ، އަމިއްލަ ގޮތުން ވާދަކުރި މަރިޔަމް ރަޝީދާ ބަލިކޮށެވެ.
އެ ކޮމެޓީއަށް ހޮވުނު މެންބަރުންނަކީ، ޕީއެންސީ ކެނޑިޑޭޓް އާއިޝަތު ވިސާމާ އަދި އެމްޑީޕީ ކެނޑިޑޭޓް އައިޝަތު މައުސޫމާއެވެ.
ދަނބިދޫ ދާއިރާއަށް ވޯޓުލުމުގެ ހައްގު 781 މީހުންނަށް ލިބިފައިވެއެވެ. އީސީ އިން އާންމުކުރި ތަފާސްހިސާބުގައި ބުނީ، އެ ދާއިރާއަށް ވޯޓު ލާފައިވަނީ މުޅި ޖުމުލަ 647 މީހުންކަމަށެވެ. އޭގެތެރެއިން 42 ވޯޓަކީ ބާތިލު ވޯޓެވެ.




