ކުނަހަންދޫ ކައުންސިލްގެ ރައީސަކަށް އަސްމާއު!
Kunahandhoo councilge raees akah asmaau!

ލޯކަލް، ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި، ކުނަހަންދޫ ކައުންސިލްގެ ރައީސް އަކަށް އެމްޑީޕީ ކެނޑިޑޭޓް އަސްމާއު އަބޫބަކުރު ހޮވިއްޖެއެވެ.
އެގޮތުން، އަސްމާއު ވަނީ 209 ވޯޓު ހޯދާފައެވެ. އެރަށު ކައުންސިލްގެ އަންހެނުންގެ ގޮނޑި ކާމިޔާބުކުރީ، އެމްޑީޕީ އާމިނަތު ސިތުމާއެވެ. އޭނާ ވަނީ 329 ވޯޓު ހޯދާފައެވެ. ކައުންސިލްގެ އަނެއް ގޮނޑިއަށް އިންތިހާބުވީ، އެމްޑީޕީ ކެނޑިޑޭޓު މުހައްމަދު އިމްރާންއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާކަމަށް ހޮވިފައިވަނީ އާއިޝަތު ޝަހުދާއެވެ. އެ ކޮމެތީގެ މެންބަރު ކަމަށް ހޮވިފައިވަނީ އެމްޑީޕީ އިން،ނަބާ ބިންތު ނަސީމް، އަމިއްލަ ގޮތުން ވާދަކުރެއްވި މައުސޫމާ ހުސެއިން،އެވެ.
އީސީ އިން ހާމަކުރި ގޮތުގައި، ކުނަހަންދޫ އިން ވޯޓުލުމުގެ ހައްގު ލިބިފައިވަނީ، 677 މީހުންނަށެވެ. އޭގެތެރެއިން 576 މީހުން ވޯޓުލާފައިވާއިރު، 14 ވޯޓަކީ ބާތިލު ވޯޓެވެ.




