މާބާއިދޫ ކައުންސިލްގެ ރައީސް ކަމަށް އާދިލް؛ ޑަބްލިއުޑީސީގެ ރައީސާ ކަމަށް ލީލާ!

Maabaidhoo council ge raees kamah adil; WDC ge raeesaa kamah Leela!

ލޯކަލް ކައުންސިލް އިންތިހާބުގެ މާބާއިދޫ ކައުންސިލްެގެ ރައީސް ކަމަށް ޕީއެންސީ ކެނޑިޑޭޓް ހަސަން އާދިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމަށް އާމިނަތު ލީލާ ހޮވިއްޖެއެވެ.

ހަސަން އާދީލް ހޮވިފައިވަނީ 371 ވޯޓާއެކުގައެވެ. މެންބަރު ކަމަށް ހޮވުނީ، ޕީއެންސީ އިން މުހައްމަދު މުމްތާޒު އެވެ. އަންހެނުންގެ ގޮނޑި ކާމިޔާބުރީ ޕީއެންސީ ކެނޑިޑޭޓް އާމިނަތު މުސާ އެވެ.

މީގެއިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް ހޮވުނީ، ޕީއެންސީ ކެނޑިޑޭޓުން ކަމަށްވާ އާއިޝަތު ސަލްމާ އަދި އާއިޝަތު ވަހީދާ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments