ގަމު ޑަބްލިއުޑީސީގެ އިންތިހާބީ ރައީސާއަކަށް ނީނާ!

Gamu WDC ge inthihaabee raeesaa akah neena!

ލާމު ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ކަމަށް އެމްޑީޕީ ކެނޑިޑޭޓް މަރިޔަމް ނީނާ އިންތިހާބުވެއްޖެއެވެ.

ނީނާ އިންތިހާބުވެފައިވަނީ ޕީއެންސީ ކެނޑިޑޭޓް ފާތިމަތު މޫސާއާ ވާދަކުރައްވައި،1398 ވޯޓުން ކުރި ހޯދައިގެންނެވެ. އެގޮތުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް ހޮވިފައިވަނީ؛
އާއިޝަތު ސަނާ (ޕީއެންސީ)-1436 ވޯޓު
ފާތިމަތު ރަޒިއްޔާ (އެމްޑީޕީ)-1252 ވޯޓު
އާމިނަތު ރަޝީދާ (ޕީއެންސީ)-1125 ވޯޓު
އަނީސާ އަލީ(އެމްޑީޕީ)-1117 ވޯޓު

ގަމުގެ ކައުންސިލްގެ އިންތިހާބީ ރައީސަކަށް ހޮވިފައިވަނީ ވެސް އެމްޑީޕީ ކެނޑިޑޭޓެކެވެ. އެއީ އަފްސަލް ޖައުފަރެވެ.ކައުންސިލް މެމްބަރުންގެ ގޮނޑިއަށް ހޮވިފައިވަނީ ޕީއެންސީ އިން ވާދަކުރި ޝާހިދު މުޙައްމަދު އާއި އެމްޑީޕީ އިން ވާދަކުރި އިބްރާހީމް ރަޝީދުއެވެކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް ހޮވިފައިވަނީ، އެމްޑީޕީ ކެނޑިޑޭޓް ސަލްމާ އުމާރާއި، ޕީއެންސީގެ ކެނޑިޑޭޓް މަރްޔަމް އަނީސާއެވެ.

ގަމުގެ އާބާދީގެ76 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. އެއީ2912 މީހުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments