އުދަރެސް ބޯޓު ބަންޑުން ޖަހާލުން: ގެއްލުނު މީހާ ފެނިއްޖެ!
Udhares boat bandun jahaalun: Gehlunu meehaa fenihje

މާލެއިން ފުރައިގެން ގއ ވިލިގިއްޔަށް ދަތުރުކުރި އުދަރެސް ބޯޓު އިން ގެއްލުނު މީހާ ފެނިއްޖެއެވެ.
ކަމަނަ ބޯޓުގެ ކައްޕި ލާމު އެމްވީއަށް ބުނީ، އެމީހާ ފެނިފައިވަނީ ފޮނަދޫ ނެރާ ދިމާލުން ޕަލެޓްއެއްގެ މަތީގައި އޮއްވާ ކަމަށެވެ. ގިނައިރު ކަނޑުމަތީގައި އޮތުމުގެ ސަބަބުން، ވަރަށް ބޮޑަށް އެމީހާ ބަލިވެފައިވާ ކަމަށް ކައްޕި ވަނީ މައުލޫމާތު ދީފައެވެ.
އެމީހާ ފެނުމާއެކު ބޯޓަށް ނަގާ ފެނާއި ލުނބޯ ފަނިކޮޅެއް ދީފައިވާ ކަމަށާއި، އެމީހާ އެމްބިއުލާންސްގައި ގަމަށް ގެންގޮސްފައިވާ ކަމަށް ކައްޕި ވަނީ ބުނެފައެވެ.
އެމީހާ ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލް އަށް ގެންގޮސްފައެވެ.




