އަވަހަށް ހިކެން ބޭނުންތަ؟ މިއޮތީ ރަނގަޅު ބުއިމެއް
ހަށިގަނޑު ހުންނަންވާ ވަރަށްވުރެ ފަލަވުމަކީ ގިނަ ބަޔަކު އެކަމާއި ހިތާމަކުރާ ކަމެކެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ރީތި ލޫޅާފަތި ހަށިގަނޑެއްގެ ވެރިޔަކަށް ވުމަށެވެ. ކަން މިހެން ހުރިނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުންގެ ކަންނެތް ކަމުގެ ސަބަބުން ހަށިގަނޑު ރަނގަޅު ގޮތުގައި އެއް މިންވަރަކަށް ހިފަހައްޓާލެވޭގޮތް އޮންނަނީ ނުވެފައެވެ.
އަހަރެމެންގެ ރާއްޖޭގައި އެކަންޏެއް ނޫނެވެ. ދުނިޔޭގެ އާބާދީގެ 45 އިންސައްތައަކީ ހުންނަވީ ވަރަށްވުރެ ހަށިގަނޑު ފަލަވެ ބަރުދަން އިތުރުވެ އެކަމުގެ އުނދަގޫ އެތައްގޮތަކުން ތަހައްމުލް ކުރަމުންދާ މީހުންނެވެ.
މި ލިޔުމުގައި މިބަޔާންކުރާ ބުއިމަކީ މިކަމަށް އޮތް ހައްލެކަމަށް ސިއްޚީ ތަޖުރިބާކާރުން ދެކެއެވެ. މިއީ ވަރަށް ފަސޭހައިން އަމިއްލައަށް ތައްޔާރުކޮށްލެވިދާނެ ބުއިމެކެވެ. މިއީ މުޖައްރިބު ބުއިމެއްކަމަށް ވެއެވެ. މީގެ ނަތީޖާއަކީ ހަފްތާއެއްހަމަވާއިރު ބަރުދަން ލުއިވެ ހަށިގަނޑަށް ބަދަލުއަންކަމަށް ބުނާ ރަނގަޅު ބުއިމެކެވެ.
އެންމެންވެސް ޤަބޫލުކުރާފަދައިން ހިސާބަށްވުރެ ފަލަވެ ބަރުދަން އިތުރުވަނީ މާގިނައިން ، ވަކިޙައްދެއްނެތި ޖެހުނުހާއެއްޗެއް ކާތީއެވެ. މިބުނާފަދަ ބަދަލެއް ހަށިގަނޑަށް ގެނެސް ބަރުދަން ލުއިކޮށްލަން ބޭނުންނަމަ މި ބުނާ ބުއިން ބޭނުން ކުރުމުގެ އިތުރުން ފިޒީ ބުއިންތަކާއި، ކޮލެސްޓްރޯލް ހުންނަ ބާވަތުގެ ތަކެތިން އެކަހެރިވެލަން ޖެހެއެވެ.
މި ބުއިން ތައްޔާރުކޮށްލަން ބޭނުންވަނީ ސާފު ބޯފެން ތައްޓަކާއި ސައިސަމުސަލެއްގެ މުގުރި ފޮނިތޮށިކޮޅެކެވެ. މި ބުއިން ތައްޔާރުކުރާނީ 250 އެމްއެލް ހުންނަވަރުގެ ފެންތައްޓަކަށް ފޮނިތޮށި ސަމުސާ އަޅާލުމަށްފަހު 5 ވަރަކަށް މިނިޓްވަންދެން ކައްކާލާނީއެވެ. ފަސް މިނެޓުވަންދެން ކައްކާލުމަށްފަހު ކުޑަކޮށް ތާފަނާކަން މަތީ ހުއްޓައި ބޯނީއެވެ. މި ބުއިން ބޯއިރު، ހުސްބަނޑާހުރެ ބުއިން މުހިންމެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ތެދުވެ ހުސް ބަނޑާހުރެ މި ބުއިން ބޯނަމަ ވަރަށް އަވަހަށް ނަތީޖާ ފެންނާނެ ކަމަށް ސިއްޚީ ތަޖުރިބާކާރުން ބުނެއެވެ. ދިރާސާގައިވާ ގޮތުން ގަވައިދުން މި ބުއިން ބޯނަމަ 15 ވަރަކަށް ދުވަސްތެރޭ ރަނގަޅުނަތީޖާ ފެންނާނެއެވެ.
މި ބުއިކަކީ ހަކުރުބަލިން ރައްކާތެރިވުމަށްވެސް މުހިންމު ބުއިމެކެވެ.