ގަމު ކައުންސިލް ބައި އިލެކްޝަންގެ ޕީ.އެން.ސީ ޓިކެޓް ޢަލީ ނަޝީދު ކަށަވަރުކޮށްފި!

ގަމު ކައުންސިލަށް މެމްބަރަކު އިންތިޚާބު ކުރުމަށް އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަނަށް ވާދަކުރުމަށް ޕީ.އެން.ސީގެ ޓިކެޓް ލ.ގަން ސްޕީރިއަރވިލާ ޢަލީ ނަޝީދު ކަށަވަރު ކޮށްފިއެވެ.
ޢަލީ ނަޝީދު މި ޓިކެޓް ކަށަވަރު ކުރީ، ބައި އިލެކްޝަންގައި ޕީ.އެން.ސީ އިން ވާދަ ކުރާނެ ކެންޑިޑޭޓު ހޮވުމަށް މިއަދު ބޭއްވި ޕީ.އެން.ސީގެ ޕްރައިމަރީ އިންތިޚާބު ކާމިޔާބުކޮށްގެންނެވެ. މި އިންތިޚާބުގައި ގަމުގެ ތިން ސަރަހައްދެއްގައި ބެހެއްޓި ތިން ވޯޓު ފޮށިން ޖުމްލަ 206 ވޯޓު ޢަލީ ނަޝީދަށް ލިބުނެވެ. ޢަލީ ނަޝީދާއި މި އިންތިޚާބުގައި ވާދަ ކުރީ ކ.މާލެ ދަފްރަތު ޙަސަން ޢާޒިމެވެ. ޙަސަން ޢާޒިމަށް ލިބުނީ ޖުމްލަ 34 ވޯޓެވެ.
ގަމު ކައުންސިލަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަ ވަނީ 15 މޭ 2024 ވާ ބުދަ ދުވަހުގެ 14:00އަށެވެ.