ޤައުމީ ޔުނިވަރސިޓީގެ އޯގަސްޓް އިންޓޭކް ހުޅުވާލައިފި، ގަމު ކެމްޕަހުގައި 28 ކޯހެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޯގަސްޓް މަހުގެ ކޯސްތަކަށް ވަނުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ކޯހަށް ވަނުމަށް މެއި މަހު 12 ވަނަ ދުވަހުން ފެށިގެން ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމަޔަށް ހުޅުވާލެވިފައިވާއިރު، އެމް.އެން.ޔޫ ގަމު ކެމްޕަހުން ވަނީ 28 ކޯހެއް އިއުލާނުކޮށްފައެވެ. އޭގެތެރޭގައި ޖުމްލަ 9 ފެކަލްޓީއެއްގެ ކޯސްތައް ހިމެނެއެވެ.

ގަމު ކެމްޕަހުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯސް ތަކުގެ ތެރޭގައި ސެޓިފިކެޓް 3, އެޑްވާންސްޑް ސެޓިފިކެޓް، ބެޗެލަރސް އަދި މާސްޓަރސް ލެވެލްގެ ކޯސްތައް ހިމެނެއެވެ. މާސްޓަރސް ކޯސްތަކުގެ ތެރޭގައި ހިމެނެނީ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މާސްޓަރސް އޮފް އެޑިޔުކޭޝަން އެވެ.

ގަމު ކެމްޕަހުގައި ހުޅުވާލާފައިވާ ކޯސްތަކުގެ މަޢުލޫމާތުތައް ވަނީ އެ ކެމްޕަހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ހިއްސާކޮށްފައެވެ. ކޯސްތަކަށް އެޕްލައި ކުރަން ހަމަޖެހިފައިވަނީ އޮންލައިންކޮށް، އެމް.އެން.ޔޫގެ ޕޯޓަލް މެދުވެރިކޮށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments