ހިތަދޫ ކައުންސިލް ވޮލީ މުބާރާތް މާދަމާ ރޭ ފަށަނީ

ހިތަދޫ ކައުންސިލްގެ 3 ވަނަ އަންހެން ވޮލީބޯޅަ މުބާރާތް މާދަމާ ރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ފެކްޝަން ސްޕޯޓްސް ކްލަބާއި، ފެކްޝަން ޗެލެންޖާއި، އެޗްސީ ކަނބަލުން އަދި ޓީމް އެޗްއެޗްސީ އެވެ. ލީގު އުސޫލުން ހަތަރު ޓީމު ކުޅުމަށްފަހު، ފައިނަލުގައި ކުޅޭނީ ތާވަލުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.

މުބާރާތް ފޯރިގަދަ ކުރުމުގެ ގޮތުން، މިއަހަރުވެސް ރަށުން ބޭރު ތިން ކުޅުންތެރިން ކޮންމެ ޓީމެއްގައި ހިމެނޭނެ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ކުޅުނު ބައެއް ކުޅުންތެރިންގެ ތެރޭގައި، ޤައުމީ ޓީމުގެ ޢާއިޝަތު މާޖިދާ، މާޔާ ހުސައިން ސަލާޙް އަދި އާމިނަތު ޝަހާ ޝާމިން ހިމެނެ އެވެ. މުބާރަތް އިންތިޒާމު ކުރާ ފަރާތުން މަޢުލޫމާތުދޭ ގޮތުގައި، މިއަހަރުވެސް ޤައުމީ ޓީމުގެ ކުޅުންތެރިންނާއި، ބިދޭސީ ކުޅުންތެރިން މި މުބާރާތުގައި ކުޅޭނެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި، 18 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާނީ ފެކްޝަން ސްޕޯޓްސް ކްލަބާއި ފެކްޝަން ޗެލެންޖެވެ. ފެކްޝަން ސްޕޯޓްސް ކްލަބަކީ މިދިޔަ އަހަރުގެ ރަނަރަޕް ޓީމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހައިޑްރާ ގޯލްޑް އިންނެވެ.

މިއަހަރުގެ މުބާރާތް އިންތިޒާމު ކުރަނީ އިންކް އެންޑް ޕިކްސަލް އިންނެވެ. މުބާރާތުގެ ހުރިހާ މެޗެއް އިންކް އެންޑް ޕިކްސަލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments