ފޮނަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، މަޤާމުން ވަކި ކޮށްދިނުމަށް ސިވިލްސަރވިސް ކޮމިޝަނަށް ހުށަހަޅައިފި.

ލ.ފޮނަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ފާއިޤް، އެ މަޤާމުން ވަކި ކޮށްދިނުމަށް އެދި ސިވިލްސަރވިސް ކޮމިޝަނަށް ފޮނަދޫ ކައުންސިލުން ހުށަހަޅައިފިއެވެ.
މި މައްސަލަ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް ފޮނަދޫ ކައުންސިލުން ނިންމީ މިމަހުގެ 6 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ 19 ވަނަ ޢާންމު ބައްދަލުވުމުންނެވެ.
މި މައްސަލަ ހުށަހަޅަން ޖެހުނު ސަބަބެއް ކަމަށް ބަޔާން ކޮށްފައި ވަނީ ކައުންސިލްގެ ނިންމުންތައް ތަންފީޒު ނުކުރުމާއި، އަތޮޅު ކައުންސިލަށް ފޮނުވަންޖެހޭ ރިޕޯޓުތައް ޤަވާޢިދުން ނުފޮނުވުމާއި، ހާލު ބެލުން ޕޯޓަލްގެ މަސައްކަތް ނުކުރުމާއި، މަސައްކަތްތައް ޙަވާުލު ނުކޮށް ޗުއްޓީ ނެގުމާއި، ބައްދަލުވުންތަކަށް ޙާޟިރުނުވުމެވެ.
މި މައްސަލައަށް ގޮތެއް ނިންމާނީ މައްސަލަ ބެލުމަށް ފަހުގައި ކަމަށް ސިވިލްސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments