ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ގުރު ނަގައިފި

ލ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު 2024 ގެ ގުރު ނަގައިފި އެވެ.

ހޮނިހިރު ދުވަހުގެރޭ މުބާރާތުގެ ގުރު ނަގާފައިވަނީ އެކަމަށް ޚާއްސަ ކުރެވިގެން ބޭއްވި ރަސްމިއްޔާތުގަ އެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވި 15 ޓީމު ވަނީ ހަތަރު ގުރޫޕަކަށް ބަހާލާފަ އެވެ. ގުރޫޕު އޭ، ބީ، އަދި ސީ ގައި ހަތަރު ޓީމު ހިމެނޭއިރު، ގުރޫޕު ޑީ ގައި ހިމެނެނީ ތިން ޓީމެވެ.

ގުރޫޕު އޭ ގައި ހިމެނެނީ ރަސްހިންނެ ސްޕޯޓްސް ކްލަބް، ވައްޓަފާޅި ސްޕޯޓްސް ކްލަބް، ސޭންޑްސް އޮފް ލާމު އަދި ކިޔުއެމް ސްޕޯޓްސް އެކަޑަމީ އެވެ. ގުރޫޕު ބީ ގައި ހިމެނެނީ ކިންގް ސްޕޯޓްސް ކްލަބް، އަފޭން، ޔުނައިޓެޑް އައުޓްރީފް އަދި އަމިގޯސް ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ އެންމެ ވަރުގަދަ ގުރޫޕެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ގުރޫޕު ސީ އެވެ. ގުރޫޕު ސީ ގައި ހިމެނެނީ ފޮއެމަތި ސްޕޯޓްސް ކްލަބް، ބެސްޓް ބޯއީޒް، އައުޓްރީފް ސްޕޯޓްސް ކްލަބް އަދި ޖީޖީއެސްސީ އެވެ. ގުރޫޕު ޑީ ގައި ހިމެނެނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާގެ އިތުރުން ބީޖީއެސްސީ އާއި ރަސްހިންނެ އެފްސީ އެވެ.

25 މެއި ގައި މުބާރާތް ފެށުމަށް މީގެކުރިން ތާވަލު ކުރެވުނު ނަމަވެސް، މިހާރު ވަނީ 27 މެއި ގައި ފަށާގޮތަށް ފަސްކޮށްފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ރަސްހިންނެ އެސްސީ އާއި ވައްޓަފާޅި އެސްސީ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments