ރާއްޖޭގެ މަސްވެރިކަމުގެ އާ ރެކޯޑް ޓީ.އެސް.ލައިން ދޯންޏަށް

ދިވެހި ރާއްޖޭގެ މަސްވެރިކަމުގައި އާރެކޯޑު އަދަދަކަށް މަސް ބޭނިފައިވާކަމަށް ގދ. މަޑަވެލީ ޓީ އެސް ލައިން ދޯނިން މައުލޫމާތު ދީފިއެވެ.

ޓީ އެސް ލައިން ދޯނީގެ ފަރާތުން މުނާޒު މުހައްމަދު އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ބުނީ ދޯނީގައި ގާތްގަނޑަކަށް 59 ވަރަކަށް ޓަނުގެ މަސް ހުންނާނެ ކަމަށާއި، އަދި މަސްކިރުމަށް މިހާރު އެދޯނި މިސްރާބު ޖަހާފައިވާ ކަމުގައެވެ.

ޒުވާންކެޔޮޅު ފަރުހާން ޒާހިރުގެ ކެޔޮޅުކަމުގައި ޓީ އެސް ލައިން މި ހޯދި ކާމިޔާބަކީ މުޅި ހުވަދުއަތޮޅާއި މަޑަވެލީގެ ރައްޔިތުން އެކަމަށް ފަހުރުވެރިވާނެ ކާމިޔާބެކެވެ.  ރާއްޖޭގެ ދޯންޏަކުން މިހާތަނަށް އެންމެ ގިނައިން މަސްބާނާފައިވަނީ ގދ. ތިނަދޫ ރަސްމަގު ނަމަކަށް ކިޔާ ދޯންޏަކުން 52 ޓަނު މަސް އެއް ދުވަހުގައެވެ.

އޭ އޯ ނިއުސް ގެ ފަރާތުން ޓީ އެސް ލައިން ދޯނީގެ އެންމެހާ ފަޅުވެރިންނަށް މަރުހަބާ ކިޔަމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments