މަޝްހޫރު ލަވަކިޔުންތެރިޔާ ޝަމްވީލް ޢީދަށް ލާމަށް އަންނަނީ.

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަމްވީލް، އޭނާގެ ބޭންޑާއެކު އަންނަ އަޟްޙާ ޢީދުގައި ލާމުގައި ޝޯ ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އަޟްޙާ ޢީދުގެ ހަތަރުވަނަ ދުވަހުގެ ރޭ ލ.ގަމުގައި ޝޯ ދިނުމަށް ޝަމްވީލް ބޭންޑާއެކު ސޮއި ކުރީ ލ.ގަމަށް ނިސްބަތްވާ ޖަމިއްޔާއެއް ކަމަށްވާ ތިއްތި ސްޕޯޓްސް ކުލަބުންނެވެ.

މި އަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރު ޙަރަކާތްތައް ހިންގުމަށް ކުލަބު ޖަމިއްޔާތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ލ.ގަމު ކައުންސިލުން ހުޅުވާލި ފުރުޞަތުގައި ފަސް ޖަމިއްޔާއަކުން ވަނީ ޕްރޮޕޯސަލް  ހުށަހަޅާފައެވެ. އޭގެ ތެރޭގައި ތިއްތި ސްޕޯޓްސް ކުލަބު ވެސް ހިމެނެއެވެ. އެހެން ނަމަވެސް މި ޕްރޮޕޯސަލްތަކާއި މެދު ގަމު ކައުންސިލުން އަދި ގޮތެއް ނުނިންމައެވެ. މި ޕްރޮޕޯސަލްތަކާއި މެދު ގަމު ކައުންސިލުން ގޮތެއް ނިންމުމަށް އަންނަ އަންގާރަ ދުވަހަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ޢީދު ޝޯ ހުށަހެޅުމަށް ޝަމްވީލް ބޭންޑުގެ އިތުރުން  ބިދަބިން ގުރޫޕާއެކު ވެސް ތިއްތި ސްޕޯޓްސް ކުލަބުން ވަނީ ސޮއި ކޮށްފައެވެ. ބިދަބިންގެ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ  އަޟްޙާ ޢީދުގެ ދެވަނަ ދުވަހުގެ ރޭގައެވެ.
ޝަމްވީލުގެ ލަވް މެޝަޕްތަކާއި ރިމޭކް ލަވަތައް ދިވެހިންނަށް ވަނީ ވަރަށް ކަމުގޮސްފައެވެ. އެގޮތުން ”ލަކުނެެއް ކަލާ މޫނުގައި ނެތް ނަމަ“  އާއި ”ފެނި ފަތިހު ފިނީ އެކަނި“ އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ .

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments