ލާމު އަތޮޅު ފުޓުބޯޅަ މުބާރާތް އަންނަ ޖުލައި މަހުގައި ބާއްވަނީ

ލާމު އަތޮޅުގެ ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ލާމަސީލު ލާމު އަތޮޅު ފުޓުބޯޅަ މުބާރާތް އަންނަ ޖުލައި މަހުގައި ބާއްވާނެ ކަމަށް ލ.އަތޮޅު ކައުންސިލުން އިޢުލާނު ކޮށްފިއެވެ.
އެ ގޮތުން މި މުބާރާތް ކުރިއަށް ދާނީ ޖުލައި މަހުގެ 11 އިން 19 އަށް ކަމަށާއި، މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ލ.އަތޮޅު ކައުންސިލުން ބަޔާން ކޮށްފައިވެއެވެ.
ލ.އަތޮޅު ކައުންސިލުން ސުކޫލް ކުދިންނަށް އަމާޒު ކޮށްގެން ކޮންމެ އަހަރަކު ފުޓުބޯޅަ މުބާރާާތް ބާއްވަމުން އައި ކަމުގައި ވިޔަސް، ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މިއީ ފުރަތަމަ ފުޓުބޯޅަ މުބާރާތެވެ.