ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު: ސޭންޑްސް އޮފް ލާމު ބަލިކޮށް، ރަސްހިންނެ އެސްސީ އިން ކުއާޓާގެ ޖާގަ ކަށަވަރުކޮށްފި

ފަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގައި ސޭންޑްސް އޮފް ލާމު ބަލިކުރުމަށްފަހު، ރަސްހިންނެ ސްޕޯޓްސް ކްލަބުން ކުއާޓާގެ ޖާގަ ކަށަވަރުކޮށްފި އެވެ.

ރަސްހިންނެ އިން ވަނީ ފުރަތަމަ މެޗުގައި 6-0 ގެ ނަތީޖާއަކުން ވައްޓަފާޅި ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ބުދަ ދުވަހު ސޭންޑްސް އޮފް ލާމު އާ ދެކޮޅަށް ކުޅުނު މެޗުންވެސް ރަސްހިންނެ މޮޅުވީ 6-0 ގެ ނަތީޖާއަކުންނެވެ.

ސޭންޑްސް އޮފް ލާމު އާ ދެކޮޅަށް ކުޅުނު މެޗުގައި ރަސްހިންނެގެ ސާމިން މުހައްމަދު ނަސީރު ވަނީ ހެޓްރިކް ހަދާފަ އެވެ. މީގެއިތުރުން، އަހުމަދު ހަލީމް (އަންމަޑޭ) ދެ ގޯލު ޖަހާފައިވާއިރު، އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ގޯލެއް ޖަހާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސާމިން އެވެ.

މި ނަތީޖާއާއެކު، ރަސްހިންނެ އަށް ވަނީ ދެ މެޗުން ހަ ޕޮއިންޓު ލިބިފަ އެވެ. ސޭންޑްސް އޮފް ލާމު އާއި ކިޔުއެމް ސްޕޯޓްސް އެކަޑަމީ އަށް އެއް ޕޮއިންޓު ލިބިފައިވާއިރު، ވައްޓަފާޅިއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މުބާރާތުގައި މިއަދުވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. އެގޮތުން، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައުޓްރީފް ސްޕޯޓްސް ކްލަބާއި ޖީޖީއެސްސީ އެވެ. ދެވަނަ މެޗުގައި ޔުނައިޓެޑް އައުޓްރީފް އާއި އަމިގޯސް ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު، ފަހު މެޗުގައި މުންޑޫ ޒުވާނުންގެ ޖަމިއްޔާ ނިކުންނާނީ ރަސްހިންނެ ނިއުޖެނެރޭޝަން އާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments