ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު: ބޮޑު ތަފާތަކުން ޖީޖީއެސްސީ ބަލިކޮށް، އައުޓްރީފް ސްޕޯޓްސް ކްލަބުން ފެށުން ރަނގަޅުކޮށްފި

ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު 2024 ގައި ބޮޑުތަފާތަކުން ޖީޖީއެސްސީ ބަލިކޮށް، އައުޓްރީފް ސްޕޯޓްސް ކްލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުން އައުޓްރީފް މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އަލީ ޝާމިސް (ތޮއްޕެ) ވަނީ ދެ ގޯލު ޖަހާފަ އެވެ. އެ ޓީމުގެ ބާކީ ތިން ގޯލު ޖެހީ އަލީ ޝިޔާހު (ޝިޔާ) އާއި އަލީ ހުމޭޒުގެ އިތުރުން އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތޮއްޕެ އެވެ.

އައުޓްރީފް އެސްސީ އާއި ޖީޖީއެސްސީ ހިމެނެނީ ގުރޫޕު “ސީ” ގައެވެ. މި ގުރޫޕުގެ ފުރަތަމަ މެޗުގައި ފޮއެމަތި ސްޕޯޓްސް ކްލަބުން ވަނީ 10-1 ގެ ނަތީޖާއަކުން ބެސްޓް ބޯއީޒް ބަލިކޮށްފަ އެވެ. ފޮއެމައްޗާއި އައުޓްރީފަށް ތިން ޕޮއިންޓު ލިބިފައިވާއިރު، ފައިދާ ގޯލުން ކުރިހޯދާފައިވަނީ ފޮއެމައްޗެވެ.

މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފޮއެމައްޗާއި އައުޓްރީފް އެސްސީ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ކުއާޓާގެ ޖާގަ ކަށަވަރުވާނެ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments