ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު: ރަސްހިންނެ އެންޖީ ބަލިކޮށް، މުންޑޫ ޒުވާނުންގެ ޖަމިއްޔާ ކުއާޓާ އަށް

ފަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގައި ތަފާތު ބޮޑު ނަތީޖާއަކުން ރަސްހިންނެ ނިއުޖެނެރޭޝަން ބަލިކޮށް، މުންޑޫ ޒުވާނުންގެ ޖަމިއްޔާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ރޭ ރަސްހިންނެ އެންޖީ ކައިރިން މުންޑޫ ޒުވާނުންގެ ޖަމިއްޔާ މޮޅުވީ 8-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާދަމް ޝަމީމް ވަނީ ހަތަރު ގޯލު ޖަހާފަ އެވެ. އެ ޓީމުގެ އަނެއް ހަތަރު ގޯލު ޖެހީ މުހައްމަދު ޒީދާން އާއި އިބްރާހިމް އިނާސު އާއި ލޫތު އަހުމަދުގެ އިތުރުން ހުސައިން ފަޔާޒް އެވެ. ރަސްހިންނެގެ ހަމައެކަނި ގޯލު ޖެހީ އަލީ ވިރާޝް އެވެ.

މުންޑޫ ޒުވާނުންގެ ޖަމިއްޔާ އިން ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޖީޖީއެސްސީ އާއެވެ. އެ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ. މި ގުރޫޕުގައި ތިން ޓީމު އޮތުމާއެކު، މުންޑޫ ޒުވާނުންގެ ޖަމިއްޔާ އަށް ވަނީ ކުއާޓާގެ ފުރުސަތު ކަށަވަރުވެފަ އެވެ.

މި ގުރޫޕުން ކުއާޓާގެ ދެވަނަ ޖާގަ ލިބޭނީ ރަސްހިންނެ އާއި ބީޖީއެސްސީ ކުޅެގެން މޮޅުވާ ޓީމަކަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments