އުރީދޫ ފަންރަން ލާމު އެޑިޝަންގެ ހޯސްޓިންގ ޕާޓުނަރަކަށް ލ.އަތޮޅު ކައުންސިލް

އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހު ލ.ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަންރަން އިންތިޒާމުކޮށް ހުށަހަޅައިދޭ ފަރާތަކީ ލ.އަތޮޅު ކައުންސިލް ކަމަށް ކަނޑައަޅައިފިއެވެ.

އުރީދޫ ފަންރަން ލާމު އެޑިޝަން ބޭއްވުމާއި ގުޅޭގޮތުން މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހު އުރީދޫ މޯލްޑިވްސް އާ ލ.އަތޮޅު ކައުންސިލާއެކު ބައްދަލުވުމެއް ބާއްވާފައިވެއެވެ. މި ބައްދަލުވުމުގައި، ދުވުމުގެ ކަންކަން އިންތިޒާމު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

މި ދުވުމާއި ގުޅިގެން ޚާއްސަ ޕްރޮމޯޝަނެއް ވެސް އުރީދޫން ވަނީ ތަޢާރަފް ކޮށްފައެވެ. ”ވިން އަ ޓްރިޕް ޓު ލާމު“ ގެ ނަމުގައި، މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ފަސޭހަ ބްރޯޑުބޭންޑު 5 ޖީބީ އެއަރ ފައިބަރ އަދި ޕޯސްޓްޕެއިޑާއި ޕްރިޕެއިޑު ލަކީޑްރޯ އަޕްގުރޭޑް ކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި،  އިތުރު މަސައްކަތެއްނުކޮށް ބައިވެރިވެވޭނެ ކަމަށް އުރީދޫން މަޢުލޫމާތު ދެއްވައެވެ. އަދި މި މުއްދަތުގައި އަލަށް އުރީދޫ މޯލްޑިވްސް އާ ގުޅޭ ކަސްޓަމަރުންނަށް ވެސް، ”އޮޓޮމެޓިކޮށް“ މި ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ ކަމަށް އުރީދޫން ވިދާޅުވެއެވެ.

މި ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ދެ ފަރާތަކަށް، ލާމަށް އައިސް ދުވުމުގައި ބައިވެރިވެ، ޕީ.އެސް.ޖީގެ  ފުޓުބޯޅަ ތަރި ޖޭޖޭ އޮކޯޗާ އާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫން ވިދާޅުވެއެވެ. ޖޭޖޭ އޮކޯޗާ ލާމަށް އައުމަށް ހަމަޖެހިފައި ވަނީ އުރީދޫ ފަންރަން ލާމު އެޑިޝަންގެ ޚާއްޞަ މެހްމާނެއް ގޮތުގައެވެ. އަދި ޖޭޖޭ އޮކޯޗާ މި ދުވުމުގައި ބައިވެރިވާނެ ކަމަށް ވެސް އުރީދޫން ހާމަ ކުރައްވައެވެ.
މި ދުވުމުގައި ރަޖިސްޓްރީވުމަށް މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments