ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު: ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ރަސްހިންނެ އެސްސީ ކުއާޓާ އަށް

ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގައި ކިޔުއެމް ސްޕޯޓްސް އެކަޑަމީ ބަލިކުރުމަށްފަހު، ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ރަސްހިންނެ ސްޕޯޓްސް ކްލަބް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ރަސްހިންނެ އިންވަނީ މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުންވެސް 6-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުން، ކިޔުއެމް ކައިރިން މޮޅުވީ 8-2 ގެ ނަތީޖާއަކުންނެވެ.

ރަސްހިންނެގެ ސާމިން މުހައްމަދު ނަސީރު އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ދެ ގޯލު ޖަހާފަ އެވެ. އެ ޓީމުގެ އަނެއް ހަތަރު ގޯލު ޖެހީ ހުސައިން އަޒުމީ އާއި ހަސަން ޝިހުބާން އާއި އަހުމަދު ހަލީމް (އަންމަޑޭ) ގެ އިތުރުން މުހައްމަދު ސާބިގް (އުއްކު) އެވެ. ކިޔުއެމްގެ ގޯލުތައް ޖެހީ އަހުމަދު ޝާމިޒް އާއި އަހުމަދު އަމަން އަލީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރަސްހިންނެގެ ސާމިން އެވެ.

މި ނަތީޖާއާއެކު، ރަސްހިންނެ އަށް ވަނީ ނުވަ ޕޮއިންޓު ލިބި، ކުއާޓާގެ ޖާގަ ކަށަވަރުވެފަ އެވެ. އަދި ކިޔުއެމް ވަނީ މުބާރާތުން ކަޓާފަ އެވެ.

ގުރޫޕު ”އޭ“ ގެ ދެވަނަ ކަށަވަރުވެގެންދާނީ އާދީއްތަ ދުވަހު ހަވީރު ވައްޓަފާޅި ސްޕޯޓްސް ކްލަބް އާއި ސޭންޑްސް އޮފް ލާމު ބައްދަލުކުރާ މެޗަށްފަހު އެވެ. ކުއާޓާ އަށް ދިއުމަށް ވައްޓަފާޅިން ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments