މުންޑޫ ޒުވާނުންގެ ޖަމިއްޔާގެ މަސައްކަތު ދުވަސް ވަރަށް ކާމިޔާބު

މުންޑޫ ޒުވާނުންގެ ޖަމިއްޔާއިން ”ފަންޑު ރެއިޒް“ ކުރަން އިއްޔެގައި ފާހަގަ ކުރި މަސައްކަތު ދުވަސް ވަރަށް ކާމިޔާބު ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
މި އަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރު ޙަރަކާތްތަކަށް ޚަރަދު ކުރުމަށް އެ ޖަމިއްޔާއިން އިސްނަގައިގެން ބޭއްވި މި ޙަރަކާތުން ފަނަރަ ހާސް ރުފިޔާ ލިބުނު ކަމަށާއި، ވަގުތު ނެތުމުގެ ސަބަބުން ހުރިހާ މަސައްކަތެއް އިއްޔެގައި ނިންމާ ނުލެވޭ ކަމަށް، އަދި އިތުރު އެއް ދުވަހު މަސައްކަތަށް ނިކުތުމަށް ރާވަމުންދާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ. އަދި މިހާރު ލިބިފައި ހުރި ހުރިހާ މަސައްކަތަކުން ޖުމްލަ ފަންސަވީސް  ހާސް ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް  މުންޑޫ ޒުވާނުންގެ ޖަމިއްޔާއިން ވިދާޅުވެއެވެ.
މުންޑޫ ޒުވާނުންގެ ޖަމިއްޔާ އަކީ އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން ޖަމިއްޔާގެ ކަންކަމަށް ޚަރަދު ކުރާ ނަމޫނާ ޖަމިއްޔާއެކެވެ. އެގޮތުން ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ  ޙަރަކާތްތަކަށް ޚަރަދު ކުރުމަށް ފައިސާ ހޯދުމަށް މަސައްކަތު  ދުވަސް ފާހަގަ ކުރުމަކީ އެ ޖަމިއްޔާއިން ޢާންމުކޮށް ކޮށް އުޅޭ ކަމެކެވެ. މި ފަދަ ޙަރަކާތްތަކުން ފައިސާ ލިބުމުގެ އިތުރަށް އިޖުތިމާޢީ ގުޅުން ބަދަހިވެގެން ދެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments