އެމްއެން.ޑީއެފް. ތަމްރީނެއްގައި ޙަރަކާތްތެރިވަނިކޮށް މިޔަރެއް ޙަމަލާ ދިނުމުގެ ސަބަބުން، ޒުވާނަކު ނިޔާވެއްޖެ

އެމް.އެން.ޑީ.އެފްގެ ތަމްރީނެއްގައި މޫދުގައި އުޅެނިކޮށް މިޔަރެއް ޙަމަލާ ދިނުމުގެ ސަބަބުން ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވީ ލާންސްކޯޕްރަލް ރ.އުނގޫފާރު ނިއުލައިފް، މުޙައްމަދު ޒައިދާނެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ޒައިދާންގެ ފައިގެ ފަލަމަސްގަނޑުން ބައެއް މިޔަރު ވަނީ ކާލާފާއެވެ. ޒައިދާން ނިޔާވީ، މި ޙަމަލާއާ ގުޅިގެން ހަށިގަނޑުގައި ލޭ މަނާ ނުވެގެންނެވެ. ފަރުވާ އަށް ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެނައި އިރު ވެސް ޒައިދާން ވަނީ ނިޔާވެފައި ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ލ.އިސްދޫގެ މޫދު ސަރަޙައްދުންނެވެ.
ޒައިދާން އަކީ ދާދި ފަހުން އެމެ.އެން.ޑީ.އެފް އާ ގުޅުނު ޒުވާނެކެވެ. ޒައިދާާން މި ތަމްރީނު ފުރިހަމަ ކުރަމުން ދިޔައީ އެމް.އެން.ޑީއެފް ސެންޓްރަލް އޭރިއާގައެވެ.