އެމްއެންޔޫ ގަމު ކެމްޕަހުގެ ފަހި ދުވަހަށް ބޮޑު ތަރުޙީބެއް، މިއަހަރު ސްކޫލް ނިމޭ ދަރިވަރުންނަށްވެސް ކޯހުގައި ބައިވެރިވެވޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގަމު ކެމްޕަހުގެ ފަރާތުން ކުރިޔަށް ގެންދިޔަ ފަހި ދުވަހަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.

ހޯމަ ދުވަހު ހަވީރު ގަމު ކެމްޕަހުގައި ކުރިޔަށް ގެންދިޔަ ފަހި ދުވަސް ނުވަތަ “އޯޕަން ޑޭ” އިވެންޓަކީ، އެމްއެންޔޫގެ އޯގަސްޓް އިންޓޭކަށް ހުޅުވާލެވިފައިވާ ކޯސްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ޚާއްސަ ކޯސް ޕްރޮމޯޝަން އިވެންޓެކެވެ.

މިއަހަރު އޯ ލެވެލް ނިމޭ ދަރިވަރުންނާއި، މިވަގުތު ކިޔަވަމުންދާ ދަރިވަރުންނަށް ޚާއްސަ ކޮށްގެން ބޭއްވި މި އިވެންޓުގައި ޖުމްލަ 70 އަށް ވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ. ކޯސްތަކުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، ކޯސްތަކަށް ޝަޢުޤުވެރިވާ ދަރިވަރުންނަށް، ވަގުތުން ކޯހަށް އެޕްލައި ކުރުމުގެ ފުރުސަތު ވަނީ ފަހި ކޮށްދީފައެވެ.

މިހާރު އޯ ލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށްވެސް ކޯހުގައި ބައިވެރިވެވޭކަމަށް އެމްއެންޔޫ އިން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން، ދަރިވަރުންގެ މޮކް އިމްތިޙާނުގެ ނަތީޖާ އާއި، ސްކޫލް ލީވިންގ ސެޓިފިކެޓް ބޭނުންކޮށްގެން އެޕްލައި ކުރެވޭނެއެވެ.

ގަމު ކެމްޕަހުގައި ސެޓިފިކެޓް 3 އިން ފެށިގެން މާސްޓަރސް އާ ހަމަޔަށް، ޖުމްލަ 28 ކޯހެއް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކޯހަށް އެޕްލައި ކުރުމުގެ ސުންގަޑި އަކީ 25 ޖުލައިގެ 14:00 އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments