ކަލައިދޫއަށް މަސްތުވާތަކެތި އެތެރެކުރި އިސްދޫ މީހަކު ހައްޔަރުކޮށްފި
Kalaidhoo ah masthuvaathakethi etherekuri Isdhoo meehaku hahyarukohffi

ލ. ކަލައިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އެ ރަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ، ޕޫލްކިނާރާ، އުމުރުން 34 އަހަރުގެ ޙުސައިން ޢަލީ އެވެ.
ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ކަލައިދޫ ބަނދަރަށް ގާތްކުރި ޑިންގީއަކުން އޭނާ ފޭބި ވަގުތު ކަމަށެވެ. އެގޮތުން، އޭނާގެ އަމަލުތައް ހުރި ގޮތުން ސުވާލުކުރުމަށް މަޑުކުރަން އެންގުމުން ދުވެ ފިލަން މަސައްކަތް ކުރުމުން، އޭނާ ހުއްޓުވައި ފޮރުވި ތަކެތި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 120.28 ގްރާމް ގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.




