ހަފްތާ ބަންދުގައި ޝައިޚް މުޖްތަބާގެ ދަރުސްތަކެއް ފޮނަދޫގައި ބާއްވަނީ

Hafthaa bandhugai Sheikh Mujthabaage dharusthakeh Fonadhoogai baahvanee

މި ހަފްތާ ބަންދުގައި ލ. ފޮނަދޫގައި ދީނީ ޚާއްޞަ ދަރުސްތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ”ކުއްލި މަރު: ފިލާވަޅުތަކާއި ޢިބްރަތްތައް“ މި މައުޟޫޢަށް ބާއްވާ މި ދަރުސްތައް ދެއްވާނީ އައްޝައިޚް މުޖުތަބާ ޙަމީދެވެ.

މި ދަރުސް ސިލްސިލާއަކީ ފޮނަދޫ ކައުންސިލާއި، ޖަމްޢިއްޔަތުއްސަލަފް އަދި ޢިލްމް އެމްވީ ގުޅިގެން އިންތިޒާމުކުރާ ޙަރަކާތެކެވެ.

މި ޕްރޮގްރާމްގެ ދަށުން ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އޮކްޓޯބަރު މަހުގެ 15 އަދި 16 ވަނަ ދުވަހު ފޮނަދޫގެ އެކި މިސްކިތްތަކުގައެވެ.

އެގޮތުން 15 އޮކްޓޯބަރުވާ ބުރާސްފަތި ދުވަހުގެ މަޣްރިބް ނަމާދަށްފަހު މަސްޖިދުލް ބިލާލްގައި ދަރުސް އޮންނާނެއެވެ. އަދި އެރޭގެ ޢިޝާ ނަމާދަށްފަހު ދަރުސް ކުރިއަށްދާނީ މަސްޖިދުލް ޢުލާގައެވެ.

މީގެ އިތުރުން 16 އޮކްޓޯބަރުވާ ހުކުރު ދުވަހުގެ މަޣްރިބް ނަމާދަށްފަހު މަސްޖިދުލް ވިދާދްގައި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެރޭގެ ޢިޝާ ނަމާދަށްފަހު މި ސިލްސިލާގެ ދަރުސް އޮންނާނީ މަސްޖިދުއް ޝަހީދު ޢަލީގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted