އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން އެމްއެންޔޫ ގަން ކެންޕަހުގައި ފަޔަރ އިވެކުއޭޝަން ކުލާސްތަކެއް ކުރިއަށް ގެންގޮސްފި

MNDF Central area commandun MNU Gan campahugai fire evacuation class thakeh kuriah gengossfi

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ލ. ގަން ކެންޕަހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަކޮށްގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ފަޔަރ އިވެކުއޭޝަން ކުލާސްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

އޮކްޓޫބަރު 8 އިން 12 އަށް އެ ކެންޕަހުގައި ކުރިއަށްގެންދިޔަ މި ކުލާސްތަކުގައި، އަލިފާނުގެ ހާދިސާއެއް ހިނގައިފި ހާލަތެއްގައި ޢަމަލުކުރަންޖެހޭ މުހިންމު ފިޔަވަޅުތައް ޢަމަލީގޮތުން ވަނީ ފަރިތަކޮށްފައެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ކެންޕަހުގައި އެ ވަގުތު ތިބި ދަރިވަރުންނާއި ލެކްޗަރާއިން އަދި މުވައްޒަފުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރާނެ (އިވެކުއޭޓް ކުރާނެ) ގޮތްތަކާއި، އެފަދަ ހާދިސާއެއްގައި އަނިޔާވާ މީހުންނަށް އަވަސް ޞިއްޙީ ފުރަތަމައެހީ (ފަސްޓް އެއިޑް) ފޯރުކޮށްދޭނެ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ.

މި ތަމްރީނު ޕްރޮގްރާމުގައި އެމްއެންޔޫ ލ. ގަން ކެންޕަހުގެ 13 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ. އަދި މި ކުލާސްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ. ކައްދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted