މާމެންދޫގައި ބާއްވާ ކާބޯތަކެތީގެ މައުރަޒުގެ ގަޑިއާއި ތަނަށް ބަދަލު ގެނެސްފި

Maamendhoo gai baahvaa kaaboathaketheege maurazuge gadi aai thanah badhalu genesfi

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގއ. މާމެންދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މައުރަޒު ބާއްވާ ތަނަށާއި ގަޑިއަށް ބަދަލު ގެނެސްފައިވާކަން އެ ރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ.

މާމެންދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގުޅިގެން ކުރިއަށްގެންދާ މި މައުރަޒުގެ ތަނާއި ގަޑިއަށް ބަދަލު ގެނެސްފައިވަނީ، މި މަހުގެ 11 ވަނަ ދުވަހު އެ އިދާރާއިން ކޮށްފައިވާ އިޢުލާނާ ޙަވާލާދީ ނެރުނު އައު އިޢުލާނަކުންނެވެ.

މި ގެނެވުނު ބަދަލާއެކު މިހާރު މައުރަޒުގެ ޙަރަކާތްތައް ކުރިއަށްދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހަވީރުގެ ދަންފަޅި 16:00 އިން 18:00 އަށް ރަސްމީ ފުޓްބޯޅަދަނޑުގައި ކުރިއަށްދާއިރު، ރޭގަނޑުގެ ދަންފަޅި ކުރިއަށްދާނީ 20:15 އިން 22:00 އަށް ރައްޔިތުންގެ ޕްރީސްކޫލުގައެވެ.

ކައުންސިލުން ވަނީ މި ބަދަލުތަކަށް ސަމާލުވެ، މައުރަޒުގައި ބައިވެރިވުމަށް ރަށުގެ ރައްޔިތުންނަށް އަންގާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted