އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯ ހޮވުމަށް އާންމުންގެ ވޯޓަށް ހުޅުވާލައިފި

Ihthiraam adhaakurumuge qaumee mashroouge logo hovumah aanmunge vote ah hulhuvaalaifi

ދިވެހިންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ މަތިވެރި ސިފަ އަށަގެންނެވުމަށް ސަރުކާރުން ކުރިއަށްގެންދަވާ ”އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު“ގެ ރަސްމީ ލޯގޯ ހޮވުމަށްޓަކައި އާންމުންގެ ވޯޓަށް ހުޅުވާލައިފިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު 22 ހުށަހެޅުމުގެ ތެރެއިން، ފަނޑިޔާރުންގެ ޕެނަލަކުން ވަޒަންކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ލޯގޯ މިހާރު ވަނީ ޝޯޓްލިސްޓް ކުރެވިފައެވެ.

ޝޯޓްލިސްޓް ކުރެވުނު ލޯގޯތަކުގެ ތެރެއިން އެންމެ ކަމުދާ ލޯގޯއަކަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވަނީ ’ޕީއެސްއެމް އެއަރ‘ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި ވޯޓުލުން މި ހިނގާ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 12:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

”އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު“ އަކީ ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ރީތި އާދަ އަށަގަންނުވައި، އަހުލާގީ މިންގަނޑުތައް ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފަށްޓަވާފައިވާ މުހިންމު ގައުމީ މަޝްރޫއެކެވެ

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted