މޫސުމީ ބަދަލުތަކުން ރައްކާތެރިވުމުގެ މަޝްރޫޢުގެ ދަށުން ގަމު އަތިރިމަތި ސާފުކޮށްފި

Moosumee badhaluthakun rahkaatherivumuge mashrrouge dhashun Gamu athirimathi saafukohffi

”ބިލްޑިންގ ކްލައިމެޓް ރެޒިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް“ މަޝްރޫޢުގެ ދަށުން ލ. ގަމުގެ އަތިރިމަތި ސާފުކުރުމުގެ ޚާއްޞަ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޙަރަކާތުގައި އެ ރަށުގެ ޢާންމު ރައްޔިތުންނާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ކަމާގުޅުންހުރި އެކި މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެ، އެންމެން ގުޅިގެން ވަނީ ގަމުގެ ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ. މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ގޮނޑުދޮށްތަކާއި އަތިރިމަތި ސާފުކޮށް ބެލެހެއްޓުމުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމުގެ ރޫޙު އާލާކުރުމާއި އައްސޭރިފަށުގެ ނާޒުކު ވެށި ޙިމާޔަތްކުރުމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

މި އިސްނެގުމުގެ ތެރެއިން، ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި އަދި ވިލުންވެރި އައްސޭރިފަށެއް ބޭއްވުމަށްޓަކައި މުޖުތަމަޢުގެ ބައިވެރިވުމާއި، އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted