އިސްދޫ އެއާޕޯޓަށް ބަޖެޓުން 600 މިލިއަން ރުފިޔާ ހަމަޖައްސައިފި: މުއްތަލިބް

Isdhoo Airport ah budget in 600 million rufiyaa hamajassaifi : muththalib

ލ. އިސްދޫކަޅައިދޫގައި އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުން ވަނީ ހަމަޖައްސާފައި ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު، ދާއިރާއެއްގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވެފިއެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެ ޖަވާބު ދެއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށެވެ. މަސައްކަތްތައް ކުރިއަށް ދަނީތޯއާއި، އެ މަޝްރޫޢުތައް ނިންމުމަށް އިތުރަށް ބޭނުންވާނެ ކަމަށް ލަފާކުރާ ފައިސާގެ ޢަދަދު ސާފުކޮށްދިނުމަށް ޝަމްހީދު ވަނީ އެދިލައްވާފައެވެ.

ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި މިހާރު ފަސް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މި ހުރިހާ އެއާޕޯޓެއް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ނަމަވެސް އިސްދޫކަޅައިދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް އަދިވެސް ފަށާފައި ނުވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެ މަޝްރޫޢަށް ބޭނުންވާ 600 މިލިއަން ރުފިޔާ ބަޖެޓުން ވަނީ ހަމަޖެހިފައި ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.

ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްޤީކުރާނެ ކަމުގެ އިޢުލާން ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރެއްވީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ އަތޮޅު މާވަށަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ އެއާޕޯޓު ތަރައްޤީކުރާނީ އިސްދޫކަޅައިދޫގައި ކަމަށް ސަރުކާރުން އިޢުލާންކުރީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެ ނިންމުމާ ދެކޮޅަށް މާވަށު ރައްޔިތުން ވަނީ އިޙްތިޖާޖުކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted