ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

Kureege foreign minister Abdulla Shahid hayyarukohffi

ކުރީގެ ފޮރިން މިނިސްޓަރު އަދި މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދު ހައްޔަރުކޮށްފައިވަނީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައި ހުޅުމާލެއިންނެވެ.

ޝާހިދު ހައްޔަރުކޮށްފައި މިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށްޓަކައި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް އޭނާ ރަސްމީކޮށް ތައްޔާރުވެ، ކެމްޕޭން ހަރަކާތްތައް ވެސް ފައްޓަވާފައި ވަނިކޮށެވެ.

އިތުރު ތަފްސީލް އަންނަނީ…

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted