މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕުގެ ގަވަރނިންގ ބޯޑު އެކުލަވާލައިފި

Maldives tertiary hospital group ge governing board ekulavaalaifi

ސަރުކާރުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އަލަށް އުފެއްދެވި މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމް.ޓީ.އެޗް.ޖީ) ގެ ގަވަރނިންގ ބޯޑު އެކުލަވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގްރޫޕް އުފެއްދެވީ ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގުމުގެ މަޤްޞަދުގައެވެ. މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ގެ އިތުރުން އެހެން 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް ވަނީ އުވައިލައްވާފައެވެ.

އަލަށް އެކުލަވާލި 18 މެންބަރުންގެ ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ހަމަޖައްސަވާފައިވަނީ ޞިއްޙީ ދާއިރާގެ ގިނަ ދުވަހުގެ ތަޖުރިބާކާރެއް ކަމަށްވާ ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފް އެވެ. އަދި ވައިސް ޗެއަރޕަރސަންގެ މަޤާމަށް ހަމަޖައްސަވާފައިވަނީ އައިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޙުސައިން ޙަލީމް އެވެ.

މި ބޯޑުގައި މާލެ ސަރަޙައްދާއި އަތޮޅުތަކުގެ މައި ހޮސްޕިޓަލުތަކުގެ އިސްވެރިންނާއި، ޞިއްޙީ އަދި މާލީ ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ. އެގޮތުން ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ:

އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް (ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ)
ޑޮކްޓަރ އިބްރާހީމް ޔާސިރު އަޙްމަދު (ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ)
ނަޔާޒު އަޙްމަދު (ޕްރައިމަރީ ހެލްތުކެއަރ ތަޖުރިބާކާރު)
ޑޮކްޓަރ މަރްޔަމް ޖެނިފާ (ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރު)
ފާޠިމަތު ޢާފިޔާ ވަޙީދު (ނަރސިންގ ދާއިރާގެ ތަޖުރިބާކާރު)
މޫސާ ކަލީމް ޤާސިމް (ހުޅުމާލެ ހޮސްޕިޓަލް)
މުޙައްމަދު މަބްރޫކް (ވިލިމާލެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ)
ޢާލިމް ޝަކީލް (ވިލިމާލެ ހޮސްޕިޓަލް)
އަލްއުސްތާޛާ ތަސްލީމާ (މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ މަންދޫބު)
އާދަމް ބަދުރުﷲ (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަންދޫބު)
ނާޡިމާ ޢަލީ (ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ)
ޑޮކްޓަރ އަޙްމަދު ޢަދީލް ނަޞީރު (އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ)
ޙުސައިން ޢާޞިފް (އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ)
އަޙްމަދު އަޝްރަފް (ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ)
ޢަބްދުލްޙަންނާން ޢަބްދުއްރަޙީމް (ގަން ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ)
ފަތުޙުﷲ ނަސީމް (ފުވައްމުލަކު ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިޔާ)

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted