އަންނަ އަހަރު މަތީ ތައުލީމަށް ހަރަދުކުރާ މިންވަރު 12 އިންސައްތަ އިތުރުކުރަނީ

Anna aharu mathee thauleem ah kharadhu kura minvaru 12 insahtha ah ithuru kuranee

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ހާއްސަކުރި ފައިސާގެ ތެރެއިން މަތީ ތައުލީމަށް ހަރަދުކުރުމަށް ކަނޑައަޅާފައިވާ އަދަދު މި އަހަރާ އަޅާބަލާއިރު 12.3 އިންސައްތައިން އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ތައުލީމީ ދާއިރާއަށް ޖުމްލަ 6.14 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާއިރު، މިއީ 2026 ވަނަ އަހަރާ އަޅާބަލާއިރު 11.7 އިންސައްތަ އިތުރު އަދަދެކެވެ.

ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ތައުލީމީ ދާއިރާގެ ބަޖެޓުން އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ މަތީ ތައުލީމަށް ހާއްސަކޮށްފައިވާ ބަޔަށެވެ. އެގޮތުން 2025 ވަނަ އަހަރު މަތީ ތައުލީމަށް ބަޖެޓުގައި 721 މިލިއަން ރުފިޔާ ކަނޑައެޅިއިރު، މި އަހަރު މަތީ ތައުލީމަށް ހަރަދުވާނެ ކަމަށް ލަފާކުރެވެނީ 848.3 މިލިއަން ރުފިޔާއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ ދާއިރާއަށް 953.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. މި ފައިސާގެ ބޮޑު ބައެއް ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަތީ ތައުލީމުގެ ފުރަތަމަ މަރުހަލާއަށެވެ.

ތައުލީމީ ދާއިރާގެ ޖުމްލަ ބަޖެޓު ބެހިފައިވާ ގޮތަށް ބަލާއިރު، ޕްރީ ސްކޫލު އަދި ފަށާ ތައުލީމުގެ މަރުހަލާއަށް 1.48 ބިލިއަން ރުފިޔާ އަދި ސާނަވީއާއި މަތީ ސާނަވީ މަރުހަލާއަށް 1.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ބަޖެޓުން އެންމެ ބޮޑު ނިސްބަތެއް ހާއްސަކޮށްފައިވަނީ ތައުލީމީ ދާއިރާގެ އެހެނިހެން ކަންކަމަށެވެ. އެއީ 2.1 ބިލިއަން ރުފިޔާއެވެ. ސަރުކާރުން މިހާރުވެސް އަންނަނީ ފަށާ ތައުލީމުން ފެށިގެން ހުރިހާ މަރުހަލާއެއްގައި ދަރިވަރުންގެ ނަތީޖާ ރަނގަޅުކޮށް، ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މަތީ ތައުލީމުގެ ހަރަދުތައް އަހަރުން އަހަރަށް އިތުރުކުރަމުންދާއިރު، ދައުލަތުގެ ބަޖެޓުގެ ތެރެއިން މުހިންމު ބޮޑެތި ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމާއި، އެކި ދާއިރާތަކުން ދޫކުރާ ސްކޮލާޝިޕްތަކުގެ އިތުރުން މަތީ ތައުލީމަށް ދޫކުރާ ލޯނު ސްކީމްތައް ހިމެނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted