ސަތޭކައަށް ވުރެ ގިނަ ދަރިވަރުންނާއެކު ލާމަސީލު ލާމު ސުކޫލުތަކުގެ ވާހަކަ ދެއްކުމުގެ މުބާރާތް ފަށައިފި

ހައްދުންމަތީ އަތޮޅު ކައުންސިލުން، ލ.އަތޮޅުގެ ސުކޫލުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ލާމަސީލު ލާމު ސުކޫލުތަކުގެ ވާހަކަ ދެއްކުމުގެ މުބާރާތް އިއްޔެ ފަށައިފިއެވެ.

މި މުބާރާތުގައި ލާމު އަތޮޅަށް ނިސްބަތްވާ ނުވަ ސުކޫލަކުން ޖުމްލަ 103 ދަރިވަރުން ބައިވެރިވިއެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ ދެ ޢުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެއީ 14 އަހަރުން ދަށުގެ ޢުމުރުފުރާ އާއި 14 އަހަރުން މަތީގެ ޢުމުރުފުރާއެވެ.

މި މުބާރާތަކީ ދަރިވަރުންގެ ކިބައިގައި ވާހަކަ ދެއްކުމުގެ ހުނަރު ތަރައްޤީ ކުރުމަށާއި ލާމު އަތޮޅަށް ނިސްބަތްވާ ވާހަކަ ދެއްކުންތެރިން ބިނާ ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 4 އިން 7 އަށް ހަމަދު ބިން ޚަލީފާ އާލް ޘާނީ ސުކޫލްގެ ހޯލުގައެވެ.

މިއީ ހައްދުންމަތީ އަތޮޅު ކައުންސިލުން ބާއްވާ ދެވަނަ ވާހަކަ ދެއްކުމުގެ މުބާރާތެވެ. ފުރަތަމަ މުބާރާާތް ބޭއްވީ މިދިޔަ އަހަރު ލ.އިސްދޫގައެވެ. ލ.އަތޮޅު ކައުންސިލުން އަންނަނީ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ތަފާތު އެކި މުބާރާތްތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި ދީނީ، އަދަބީ އަދި ކުޅިވަރު މުބާރާތްތައް ހިމެނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments