ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް: ބީޖީ ބަލިކޮށް، ޖީޖީއެސްސީ ފައިނަލާ ގާތަށް

މިހާރު ކުރިޔަށްދާ ހައްދުންމަތީ ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތުގައި، ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށް، ޗެމްޕިއަން ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ޖީޖީއެސްސީން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން ވަރުގަދަ ފެކްޝަން ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ބުދަ ދުވަހު ހަވީރު އެ ޓީމުން ބީޖީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއާއެކު އެ ޓީމަށް ވަނީ ދެ މެޗުން ހަ ޕޮއިންޓު ލިބިފަ އެވެ. ޖީޖީއެސްސީ އަށް ބާކީ އޮތީ ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަނަލް އެސޯސިއޭޝަން (ހައިޑްރާ) އާ ދެކޮޅަށް ކުޅޭ މެޗެވެ. ފައިނަލުގެ ޖާގަ ކަށަވަރު ކުރުމަށް އެ ޓީމަށް ބޭނުން ވަނީ ދެ ޕޮއިންޓެވެ.

ބުދަ ދުވަހު ހަވީރު ހިތަދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން، ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ޖީޖީއެސްސީ އަށް ކުރިހޯދައިދިނީ އަހުމަދު ސޮބާހު (ސޯޓޭ) އެވެ. މިއާއެކު، ޖީޖީއެސްސީން ވަނީ މެޗު ކޮންޓްރޯލް ކޮށްގެން ކުޅެން ފަށާފަ އެވެ.

ބީޖީން ވަނީ ފަހުވަގުތާ ހަމަޔަށް ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ޖީޖީއެސްސީގެ މުހައްމަދު ސޮބާހު ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސޯޓޭ އެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ފެކްޝަން ސްޕޯޓްސް ކްލަބާއި ހައިޑްރާ ބައްދަލުކުރާ މެޗެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments