އިސްދޫ ޓީމުގެ ފަރިތަކުރުންތައް މިރޭ ފަށަނީ

ރާއްޖޭގެ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމުގައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ވާދަކުރާ ލ.އިސްދޫ ޓީމުގެ ފަރިތަކުރުންތައް މިއަދު ފަށާނެ ކަމަށް އެ ޓީމުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އިސްދޫ ޔޫތު ޑިވެލޮޕްމަންޓް (އައިވައިޑީ) އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައިވާ ގޮތުން، މުބާރާތައް ތައްޔާރުވުމަށް އެ ޓީމުގެ ފަރިތަކުރުންތައް މިރޭ ފަށާނެއެވެ. އެގޮތުން، ފަރިތަކުރުން ކުރިޔަށްދާނީ މިރޭ 22:00 ގައި މާލޭ ސިޓީގެ ލެގޫންސް ފުޓްސަލް ދަނޑުގައެވެ.

އައިވައިޑީ އިންވަނީ މުބާރާތުގައި އިސްދޫ ޓީމަށް ކުޅެން ޝައުގުވެރިވާ، އެ ރަށުގެ ހުރިހައި ކުޅުންތެރިންނަށް ދައުވަތުދީފައެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް 9555619 ނުވަތަ 9997781 އަށް ގުޅުމަށް އައިވައިޑީއިން ވަނީ އަންގާފައެވެ.

އިސްދޫ ޓީމަކީ މިއަހަރުގެ މުބާރާތުގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާ ޓީމެކެވެ. އެގޮތުން، އެ ޓީމުން ވަނީ މުބާރާތުގެ ފުރަތަމަ ބުރުގައި ލ.ގަން ބަލިކޮށްފައެވެ. ނަމަވެސް، އަތޮޅު ބުރުގެ ފައިނަލުގައި ގަމުން ވަނީ އިސްދޫ ބަލިކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
؛ކުޑަފަރޭ
؛ކުޑަފަރޭ
5 months ago

ބޮޑުމައްސަލައެއް އައިވައިޑީގެ ވެރިންްނަށް ކުޅުންތެރިން ފެންނަނީ ހަމައެކަނި އެމީހުނންގެ ބޭނުމަށް