ގޯލްޑެން ފުޓްސަލް ޗެލެންޖް: މާވަށް ބަލިކޮށް މާބައިދޫ ސެމީއަށް

ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގައި ރޭ 3-2 ގެ ނަތީޖާއަކުން މާވަށް ބަލިކޮށް، މާބައިދޫ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގުރޫޕު ”އޭ“ ގެ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް، އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ގަމުން ވަނީ ގުރޫޕުގެ އެއްވަނަ ހޯދައި، ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. މާވަށާއި މާބައިދޫން ފުރަތަމަ ކުޅުނު މެޗުން ބަލިވުމާއެކު، ގުރޫޕުގެ ފަހު މެޗު ދިޔައީ ވާދަވެރިކޮށެވެ.

ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން އަށްވަނަ މިނެޓުގައި މުހައްމަދު ފާރިޝް ހަސަން ވަނީ ލަނޑެއް ޖަހައި މާވަށަށް ކުރިހޯދަދީފައެވެ. ނަމަވެސް، އޭގެ މިނެޓެއް ފަހުން ސަހީމް އަބްދުލް ގާދިރު ވަނީ މާބައިދުއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ސަހީމް ވަނީ މެޗުގެ 13 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި، ފުރަތަމަ ފަހަރަށް މާބައިދުއަށް ކުރިހޯދަދީފައެވެ. އޭގެ މިނެޓެއް ފަހުން އަނެއްކާވެސް މެޗުގެ ނަތީޖާ އެއްވަރުވީ ފާރިޝް ޖެހި ލަނޑާއެކުއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ދެވަނަ ހާފުގައި ދެ ޓީމުންވެސް ކުޅުނީ އިތުރު ލަނޑެއް ޖަހައި އެޑްވާންޓޭޖް ހޯދުމަށެވެ. އެގޮތުން، ހާފު ފެށިގެން ތިންވަނަ މިނެޓުގައި ހަސަން ނިމާލް ވަނީ ލަނޑެއް ޖަހައި، މާބައިދޫ މޮޅުކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ނިމާލް އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި މާބައިދޫ ބައްދަލުކުރާނީ ގުރޫޕު ”ބީ“ ގެ އެއްވަނަ، އިސްދުއާއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments