ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ޓްރަޔަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ގައުމީ ސީނިއަރ އަންހެން ވޮލީބޯޅަ ޓީމުގެ ޓްރަޔަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގައުމީ ޓީމަށް އަލަށް ކުޅުންތެރިން ނެގުމުގެ ގޮތުން ކުރިޔަށް ގެންދާ ޓްރަޔަލް ކުރިޔަށްދާނީ މިއަދާއި މާދަމާ އެވެ. އެގޮތުން، ފުރަތަމަ ސެޝަން މިއަދު ހެނދުނު ވަނީ ނިމިފައެވެ. އަދި މާދަމާ ހެނދުނު 8:00 އިން 11:00 އަށް ދެވަނަ ސެޝަން ކުރިޔަށްދާނެއެވެ. މި ސެޝަންތައް ކުރިޔަށްދާނީ ސޯޝަލް ސެންޓަރުގެ އިންޑޯރ ހޯލުގައެވެ.

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ ގޮތުގައި މިއީ ގައުމީ ޓީމަށް ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދުމުގެ ގޮތުން ހުޅުވާލާފައިވާ ފުރުސަތެކެވެ. މީގެއިތުރުން އެ އެސޯސިއޭޝަނުން ބުނީ މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުނަރުވެރި ވޮލީ ކުޅުންތެރިން އެބަތިބި ކަމަށާއި، ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާލީ އެފަދަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ.

ވީއޭއެމް އިން އަންނަނީ ރާއްޖޭގައި ބާއްވާ ވޮލީބޯޅަ މުބާރާތްތަކުގެ ފެންވަރު ރަނގަޅުކޮށް، މުބާރާތްތަކުގެ އަދަދު އިތުރު ކުރަމުންނެވެ. މީގެއިތުރުން، ބައިނަލްއަގްވާމީ މުބާރާތްތަކުންވެސް އެ ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ލިބެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments