ގަމުގައި ކުނި މެނޭޖްކުރުމަށް ވެމްކޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހައްދުންމަތީ ގަމު ކައުންސިލުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއި އެކު ގަމުގައި ކުނި މެނޭޖްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގަމު ކައުންސިލުގައި އިއްޔެ ކުރިޔަށްދިޔަ ރަސްމިއްޔާތުގައި ގަމު ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، އަހުމަދު ޒަކީ އެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މުޖުތަބާ ޖަލީލެވެ.

މި އެއްބަސްވުމަކީ ހައްދުންމަތީ ގަމުގައި އުފެދޭ ކުނި ނަގައި އުކާލުމާއި، ކުނި ނައްތާލުމާއި، ގަމުގައި އުފައްދާ ކުނި ހަރުދަނާ ނިޒާމެއްގެ ތެރެއިން ރަނގަޅުގޮތުގައި މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯ އިން ކުރުމަށްޓަކައި ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ވެވިފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ގަމު ކައުންސިލުން ވެމްކޯއާއެކު އިއްޔެ ސޮއިކޮށްފައިވާއިރު، މި ފެށޭ ހަފްތާއިން ފެށިގެން އަމަލީ ގޮތުން ކުނި ނެގުމުގެ މަސައްކަތް ގަމުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގެ ދަށުން ވެމްކޯއިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރޭގައި ލ.ގަމުގެ ހުރިހާ ގޭބިސީތަކުންނާއި ވިޔަފާރިކުރާ ތަންތަނުންނާއި، ސަރުކާރުގެ އެހެނިހެން މުވައްސަސާތަކުންނާއި އަދި އެނޫންވެސް ފަރާތްތަކުން ނުވަތަ ތަންތަނުން އުފައްދާ ކުނި ނަގައި ގަމުގައި ގާއިމުކުރެވިފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންގޮސް ރަނގަޅުގޮތުގައި މެނޭޖްކުރުން ހިމެނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments