އެންދެރި މަޝްރޫޢުން ލާމު އަތޮޅުގެ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

އެންދެރި މަޝްރޫއު ގެ ފަރާތުން ލާމު އަތޮޅުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ސްކޮލަރޝިޕްގެ ފުރުސަތެއް ހުޅުވާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން އަލަށް ތައާރަފްކުރި ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް ޑިގްރީއަށް ލާމު އަތޮޅުގެ ދަރިވަރުންނަށް އެންދެރި ޕްރޮޖެކްޓުގެ ދަށުން ސްކޮލާޝިޕްގެ 15 ފުރުސަތެއް ދޭން ވަނީ ނިންމާފައެވެ. މި ސްކޮލަޝިޕްގެ ދަށުން މުޅި ކޯސް ފީއާއި މަހަކު ސްޓައިޕެންޑެއް އަދި ބުކް އަދި ފީލްޑް ޓްރިޕް އެލަވަންސް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބްލެންޑެޑް މޯޑަށެވެ. އަމިއްލަ ރަށުގައި ހުރެގެން ވެސް މި ކޯސް ކުރިއަށް ގެންދެވޭއިރު، އެމް.އެންޔޫ ކެމްޕަހަށް ޒިޔާރަތް ކުރަން ޖެހޭނީ ކޮންމެ ބްލޮކެއްގައި އެންމެ 3 ދުވަހުގައެވެ
ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް ގެ ޑިގްރީ ކިޔެވުމަށް ޝައުގުވެރިވާ ދަރިވަރުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަނޑިއަކީ 12 ފެބްރުއަރީ އެވެ. ކޯސްގެ އިތުރު މައުލޫމާތު އެމް. އެން. ޔޫ ވެބްސައިޓުން ލިބޭނެއެވެ. ސްކޯލާޝިޕްއާ ގުޅޭ އިތުރު މައުލާމާތު ހޯދުމަށް ގުޅާނީ 7257321 އަށެވެ.