ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ޚާއްޞަ ހަވީރެއް ގަމު ރީޖަނަލް ހޮސްޕިޓަލުން ބާއްވަނީ

ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ޚާއްޞަ ހަވީރެއް ލ.ގަމުގައި ބޭއްވުމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ތައްޔާރުވަމުން އެބަދެއެވެ. މި ހަވީރުގައި 16 އަހަރުން މަތީގެ މީހުންގެ ހެލްތު ސްކްރީންކުރުން އޮންނާނެ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އެގޮތުން ބީ.އެމް.އައި ބެލުމާއި ލޭގައި ހަކުރު ހުރި މިންވަރު ބެލުން އަދި ލޭގެ ޕްރެޝަރު ބެލުން ހިމެނެއެވެ. މި ޚިދުމަތްތަކުގެ އިތުރުން ޞިއްޙަތަށް ފައިދާ ހުރި ކާނާއާ ގުޅޭ މަޢުލޫމާތުދިނުމާއި ހިތުގެ ބަލިތަކާއި ލޭގެ ޕްރެޝަރާއި ސަރުބީއާ އަދި ވާގިދިއުމުގެ ބައްޔާ ގުޅޭ މަޢުލޫމާތު ދިނުން ވެސް މި ހަވީރުގައި އޮންނާނެ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ގަމު ކައުންސިލާއި ވިލާ ކޮލެޖު ގަން ކެމްޕަހާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގަމު ކެމްޕަހުގެ އިތުރުން ލާމު ފުލުހުންގެ ސްޓޯލްތައް މި ހަވީރުގައި ހުންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރ 2022 ވާ ބުދަ ދުވަހު 14:00 އިން 18:00 އަށް ގަމު ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ. މި ހަވީރަށް ވީހާ ވެސް ގިނަ ފަރާތްތަކުން ޒިޔާރަތްކުރުމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން އެދިލައްވައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments