ލާމު އެމްވީ ސުފުރާ : ޝަކްޝުކާ

ބޭނުންވާ ތަކެތި:
- 1 ކުޑަ ފިޔާ (ގޮޅިކޮށް ކޮށާފައި)
- 1/3 ޖޯޑު ބެލް ޕެޕާރ (ގޮޅިކޮށް ކޮށާފައި)
- 3 ބޮޑު ޓޮމާޓޯ
- 3 ލޮނުމެދު (ކުދިކޮށް ކޮށާފައި)
- 1 1/2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
- 1 ޕެކެޓް މަހަލް ޓޮމާޓޯ ޕޭސްޓް (70 ގްރާމް)
- 1 1/4 ސައިސަމުސާ ލޮނު
- 1/4 ސައިސަމުސާ މުގުރި އަސޭމިރުސް
- 1/4 ސައިސަމުސާ މުގުރި ދިރި
- 1/2 ސައިސަމުސާ ހަކުރު
- 1/2 މުގުރި ރާޅު މިރުސް
- 2 ބިސް
- 2 މޭޒުމަތީ ސަމުސާ ޕާރސްލީ (ކޮށާފައި)
ތައްޔާރު ކުރާނެ ގޮތް:
ފިޔާ، ބެލް ޕެޕާރ، ޓޮމާޓޯ، ލޮނުމެދު އަދި ޕާރސްލީ ކޮށާލާށެވެ.
ތަވައެއްގައި އޮލިވް އޮއިލް ހޫނުކޮށް، ފިޔާ، ބެލް ޕެޕާރ އަދި ލޮނުމެދު އަޅައި 10 މިނެޓު ވަންދެން މެދު ގިނީގައި ކައްކާށެވެ.
ޓޮމާޓޯ ޕޭސްޓް އަޅައި އެއްކޮށްލުމަށްފަހު އިތުރު 2 މިނެޓު ކައްކާށެވެ.
ކޮށާފައިވާ ޓޮމާޓޯ އަޅައި، 2 މިނެޓު ވަންދެން ކައްކާށެވެ.
ލޮނު، މުގުރި އަސޭމިރުސް، މުގުރި ދިރި، ހަކުރު އަދި މުގުރި ރާޅު މިރުސް އަޅައި އެއްކޮށްލުމަށްފަހު 30 ސިކުންތު ކައްކާށެވެ.
ސޯސްގަނޑުގައި 3 ވަޅު ހަދައި، ކޮންމެ ވަޅަކަށް 1 ބިސް ތަޅާލާށެވެ.
ތަވައިގައި މަތިޖަހައި، ބިސް މެދުމިނަކަށް ރޯފިލަންދެން 3-2 މިނެޓު ވަންދެން ކައްކާށެވެ.
ތަވައިގެ މަތި ނަގައި، ކޮށާފައިވާ ޕާރސްލީ އަޅައި، މަޑުމަޑުން ސޯސްގެ ތެރެއަށް އަޅާލާށެވެ.