ލާމު އެމްވީ ސުފުރާ : ސްޕެގެޓީ އާލިއޯ އޯލިއޯ

ބޭނުންވާތަކެތި:

  • 1 ބޮނޑި ލޮނުމެދު
  • 1 މޭޒުމަތީ ސަމްސާ އަސޭމިރުސް
  • 10 ހިކިމިރުސް
  • ސްޕެގެޓީ
  • ފެން
  • 5 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • ހިކަނދިފަތް
  • 3 ޗީޒް ފޮތި
  • ވަޅޯމަސް (2 ގަނޑު)
  • 1 މޭޒުމަތީ ސަމުސާ ޕާރސްލޭ

 

ތައްޔާރު ކުރާނެގޮތް:

ތެއްޔަކަށް ފެންއަޅައި އެބޮކި ޖަހާ ކެކިގަންނަންދެން އުނދުން މަތީގައި އުދާފައި ބަހައްޓާށެވެ.

ފެންގަނޑު ކެކިގަތުމުން ސްޕެގެޓީ، ލޮނު އަދި މޭޒުމަތީ ސަމްސަލެއްގެ އޮލިވް އޮއިލް އޭގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާފައި ކެކެންދެން ބަހައްޓާށެވެ.

ސްޕެގެޓީ ކެކެމުން ދާއިރު އެހެން ތަކެތި ކޮށާލާށެވެ. ލޮނުމެދާއި، ހިކަނދިފަތް، މަސް އަދި މިރުސް ކޮށާނީ ކުދިކޮށް ތުނިކޮށެވެ.

ސްޕެގެޓީ ކެކުނީމައި، ފުރާނާލަފައި އެއްޗަކަށް އަޅައި ބަހައްޓާށެވެ. ސްޕެގެޓީ ކެއްކި ފެންގަނޑުގެ ޖޯޑެއްހާ އެތިކޮޅެއްވެސް ނަގާފައި ވަކިން ބަހައްޓާށެވެ.

އޮލިވް އޮއިލްގައި ވަރަށް ގިނިމަޑުކޮށް ބަހައްޓައިގެން ލޮނުމެދުކޮޅާއި އަދި މިރުސް ކޮޅު 5 ވަރަކަށް މިނެޓުވަންދެން ކައްކާލާށެވެ. ލޮނުމެދުކޮޅު އެނދިޔަ ނުދެއްޗެވެ. ދެން މަސް އަޅައި ރަނގަޅަށް ކަށްކާލާށެވެ.

ދެން ސްޕެގެޓީ ކޮޅު އޭގެ ތެރެއަށް އަޅާލާށެވެ. އަދި ލޮނު ހެޔޮވަރު ކުރުމަށްފަހު އަސޭމިރުސް ކޮޅެއް އަޅާށެވެ. މާ ހިކިހެން ހީވާނަމަ ކުރިން ރައްކާކުރި ފެންކޮޅުގެ ކުޑައެތިކޮޅެއް އޭގެ ތެރެއަށް އަޅާލާށެވެ.

ރަނގަޅަށް އެއްކޮށްލާފައި އެއްވުމުން، ޗީޒް ފޮތިތައް އެޅުމަށްފަހު އަނެއްކާވެސް އެއްކޮށްލާށެވެ. އަދި ނިންމާލުމަށް ޕާރސްލޭ ކޮޅެއް މައްޗަށް އަޅާލާ ގާރނިޝް ކޮށްލާށެވެ.

 

މިއީ ރަހަމީރު ސްޕެގެޓީ އާލިއޯ އޯލިއޯ ތައްޔާރުކުރާނެ ގޮތެވެ. މި ކާނާ ތައްޔާރުކުރުމުގައި ސަމާލުވާންޖެހޭ މުހިންމު ކަމަކީ ލޮނުމެދު އެނދިޔަ ނުދިނުމެވެ. އަދި ސްޕެގެޓީ ކެއްކުމުގައި މާ ގިނައިރު ނުވެ ކެކުމެވެ. މި ކާނާ ރަހަ ގަދަވާނީ ހޫނުކޮށް ކެއުމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments