މާބައިދޫގައި ޤުރުއާނާ ބެހޭ މަރުކަޒެއް އަޅަން ފެނަކައާ ހަވާލުކޮށްފި

ލ.މާބާއިދޫ ހިމެނޭހެން ދެ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެގޮތުން، އިސްލާމިކް މިނިސްޓްރީއިން ވަނީ މާބައިދޫއާއި ޅ.އޮޅުވެލިފުށީގައި ޤުރުއާނާ ބެހޭ މަރުކަޒެއް އެޅުމަށް ނިންމާފައެވެ. މި ދެ ރަށުގައި  އަޅާ ގުރުއާނާ ބެހޭ މަރުކަޒުތަކުގައި ތިން ކްލާސްރޫމާއި ލައިބްރަރީއެއްގެ އިތުރުން ހޯލެއް ވެސް ހިމެނުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

މީގެއިތުރުން، 11  ރަށެއްގައި މިސްކިތް އެޅުމަށާއި ށ، ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް ވެސް އެ މިނިސްޓްރީއިން ވަނީ ނިންމާފައެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ފެނަކަ އަދި އެމްޓީސީސީއާއެވެ. މުޅި ޖުމްލަ 14 މަޝްރޫއެއް ހިމެނޭއިރު، އޭގެތެރެއިން 11 މަޝްރޫއު ހަވާލުކޮށްފައިވަނީ ފެނަކައާއެވެ. ބާކީ3 މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments