ލާމު މެރަތަން ގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކޮށްފި

ހައްދުންމަތި އަތޮޅު ކައުންސިލުން،  ލާމު އަތޮޅު އިސްތިހާރު ކުރުމާއި، ލާމު އަތޮޅުގައި ދިރިއުޅޭ ރައްޔިތުންގެ ޞިއްޙަތު ދުޅަހެޔޮ ކުރުމުގެ މަޤްޞަދުގައި މި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލާމު މެރަތަން ގައި ބައިވެރިވުމުގެ ފުރުޞަތު އިތުރު ކޮށްފިއެވެ.  މި މެރަތަންގައި ބައިވެރިވުމުގެ ސުންގަޑި 5 ޑިސެމްބަރ 2022 ވަނަ ދުވަހަށް ހަމަވެފައި ވަނިކޮށް، 13 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 9:00އަށް، މުއްދަތު އިތުރު ކޮށްފައި ވާ ކަމަށް ލާމު އަތޮޅު ކައުންސިލުން ވަނީ އިޢުލާނުކޮށްފައެވެ. މި މެރަތަންގައި ބައިވެރިވުމުގެ ފީ ވެސް ލާމު އަތޮޅު ކައުންސިލުން ވަނީ ކުޑަ ކޮށްފައެވެ. އެގޮތުން މެރަތަން އަށް ފުރަތަމަ އިޢުލާން ކުރި އިރު، ބޮޑު މީހެއްގެ އަތުން 250 ރުފިޔާ ނަގާ ގޮތަށް އޮތް ނަމަ ވެސް މިހާރު ބޮޑު މީހެއްގެ އަތުން ނަގާ ގޮތަށް ހަމަޖެހިފައި ވަނީ 150 ރުފިޔާއެވެ. އަދި ކުޑަ ކުއްޖެއްގެ އަތުން ކުރިން 150 ރުފިޔާ، މެރަތަންގައި ބައިވެރިވުމުގެ ފީގެ ގޮތުގައި ނަގާ ގޮތަށް އިޢުލާން ކޮށްފައި ވީ ނަމަ ވެސް، މިހާރު ކުޑަ ކުއްޖެއްގެ އަތުން ނަގާ ގޮތަށް ހަމަޖެހިފައި ވަނީ 100 ރުފިޔާއެވެ. މެރަތަންގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރުމާއި ފީ އަށް މި ގެނެވުނު ބަދަލާއި ގުޅިގެން މި މެރަތަންގެ ބައިވެރިންގެ ޢަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވެއެވެ.

ލާމެ މެރަތަން ގައި ބައިވެރިވެ ވަނަ ވަނަ އަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ވެސް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މެރަތަން ބަހާލާފައި ވަނީ ތިން ކެޓަގަރީ އަކަށެވެ. އެގޮތުން  5Kކެޓަގަރީން އެއް ވަނަ ހޯދާ ފަރާތަކަށް 2000ރުފިޔާ، 10Kކެޓަގަރީން އެއްވަނަ ހޯދާ ފަރާތަކަށް 3000 އަދި 21K ކެޓަގަރީން އެއް ވަނަ ހޯދާ ފަރާތަށް 5000 ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ ލާމު ލިންކު ރޯޑުގައެވެ. މި މެރަތަން ޚާއްޞަ ކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރުގެ ޙަރަކާތެއްގެ ގޮތުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments