މަޝްހޫރު އިންފްލުއެންސަރ ޚާލިދު އަލް އަމޭރީ ލާމު ގަމުގައި!

Mash'hooru influencer Khalidh Al Ameri laamu gamugai!

މެދުއިރުމަތީގެ މަޝްހޫރު އިންފްލުއެންސަރ ޚާލިދު އަލް އަމޭރީ ލ. ގަމަށް ޒިޔާރަތްކޮށްފިއެވެ.

މަޝްހޫރު ޚާލިދު ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ޚާލިދު ރާއްޖޭގައި ހުންނާނެއެވެ. ޚާލިދުގެ މި ދަތުރަކީ ދިވެހިންގެ ރޯދަމަހުގެ އާދަކާދަތައް ދުނިޔެއަށް ދައްކާލުމަށް ރާއްޖެއަށް ކުރާ ދަތުރެކެވެ. އަދި މިއީ ޚާލިދު މެދުވެރިކޮށް މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ބޮޑު އޯޑިއަންސަކަށް ރާއްޖޭގެ ރީތިކަމާއި މުއްސަނދި ސަގާފަތް ދައްކާލުމަށް އެމްއެމްޕީއާރުސީއިން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.

ޚާލިދު ގަމަށް ޒިޔާރަތްކޮށްފައިވާއިރު އޭނާ ދަނީ ލާމުގެ ޚާއްސަ ކަންކަން ތަޖުރިބާކުރަމުން އޭނާގެ ސޯޝަލްމީޑިއާގައި ޚިއްސާކުރަމުންނެވެ. އެގޮތުން އޭނާ ވަނީ ލާމު އަތޮޅަށް ޚާއްސަ “ގޮޅަރިހަ” އޭނާ ތައްޔާރުކުރާ ވީޑިއޯއެއްވެސް ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ. ޚާލިދުގެ ސޯޝަލްމީޑިއާގައި ކޮންމެ ދުވަހުކުވެސް ރާއްޖޭގައި ރަމަޟާން މަހު އޭނާގެ އަމިއްލަ ތަޖުރިބާތައް ދައްކުވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލ.އަތޮޅުގެ ބައެއް އިތުރު ރަށްރަށަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މެދުއިރުމައްޗާއި ޖީސީސީ ސަރަހައްދުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން އެންމެ ފަހު ބުކިންތަކަށް ރާއްޖެއަކީ އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި އޭނާގެ ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގައި ވަނީ އިޝްތިހާރުކޮށްފައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި 21 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ގެންގުޅޭ ސްޓެންފޯޑް ޔުނިވާސިޓީގެ ގްރެޖުއޭޓް ޚާލިދު އަލް އަމޭރީ ފާހަގަކުރެވެނީ ސަގާފީ ތަފާތުތައް ނައްތާލައި އިސްލާމީ ރީތި އާދަތަކާއި މުޖުތަމައުގެ އަސާސްތައް ފުޅާ ކުރުމަށް ބާރު އަޅާ އިންފުލުއެންސަރެއްގެ ގޮތުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments