ކައްދޫގެ އިރުމަތީ ފަރާތުން ކަނޑުގެ ސަރަހައްދުގައި އެމްއެންޑީއެފްގެ ތަމްރީނުތަކެއް ކުރިއަށްދާނެތީ ސަމާލުވާން އެދިއްޖެ

Kahdhooge irumathy faraathun kanduge sarahahdhgai mndf ge thamreenuthakeh kuriah dhaanethee samaaluvaan edhihje

އެމްއެންޑިއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ތަމްރީނުތަކެއް ކައްދޫގެ އިރުމަތީ ފަރާތު ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާތީ އެކަމަށް ސަމާލުވާން ހައްދުންމަތީ ކައުންސިލްގެ އިދާރާއިން އެދެފިއެވެ.

އެމްއެންޑީއެފް އިން މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން މެނދުރު 12:00 އާއި ދެމެދުގައެވެ. މި ތަމްރީނުތައް ކުރިއަށް ދާނީ ކައްދޫގެ އިރުމަތީ ފަރާތުން 5 މޭލު ބޭރަށް ކަނޑުގެ ސަރަހައްދުގައި ކަމަށާއި، ލައިވް ވަޒަން ބޭނުން ކޮށްގެން ބަޑިޖަހަމުން ގެންދާނެކަމަށް އެމްއެންޑީއެފް ސެންޓްރަލް އެރިޔާ ކޮމާންޑުން ވަނީ އަންގާފައެވެ.

އެހެންކަމުން، އެވަގުތު ތެރޭގައި އެ ސަރަހައްދުން ދަތުރުކުރުމުގައި އެކަންކަމަށް ސަމާލުވުމަށް ހައްދުންމަތީ އަތޮޅު ކައުންސިލް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments