”މުޅި ލާމު ޣައްޒާއާ އެކު“ ވެހިކަލް ބުރު ގަން، ފޮނަދޫ އަދި މާވަށުގައި ވެސް އޮންނާނެ!

"Mulhi laamu Gaza aa eku" vehicle buru gan, fonadhoo adhi maavashugai ves onnaane!

”މުޅި ލާމު ޣައްޒާއާ އެކު“ ވެހިކަލް ބުރު  ލާމު ގަން، ފޮނަދޫ އަދި މާވަށުގައިވެސް ބޭއްވުމަށް ނިންމައިފިއެވެ.

”މުޅި ލާމު ޣައްޒާއާ އެކު“ މި ހަރަކާތަކީ ޣައްޒާއާ އެކު ލ.އަތޮޅުގެ ރައްޔިތުން ތިބިކަން ދައްކާލުމަށް، ލ.ގަން އަދި ފޮނަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި މަދަނީ ޖަމްޢިއްޔާތަށް ގުޅިގެން ބާއްވާ ޚާއްޞަ ހަރަކާތެކެވެ.

މި ވެހިކަލް ބުރު އޮންނާނީ މާދަމާ ހަވީރު 04:00 ގައެވެ. މި ވެހިކަލް ބުރު ފެށޭނީ ފޮނަދޫއިން ފޮނަދޫ ކައުންސިލް ދޮރުމަތިން އަދި ގަމުން ގަމު ތުނޑީ މަގުކޮޅުންނެވެ. ދެ ޕޮއިންޓުންވެސް އިވެންޓް ހަވީރު 4:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ވެހިކަލް ބުރު ނިންމާލާނީ ފޮނަދޫ މަގުކޮޅަށެވެ.

މި ހަރަކާތް ހުށަހަޅައިދެއްވާނީ އަޙްމަދު ޙަމީދު އާދަމް އެވެ. އަދި ދީނީ އިލްމުވެރިންގެ ގޮތުގައި އައްޝައިޚް ޚާތިމް ޔޫސުފް އަދި ޝެއިޚް އާދަމް ނިޝާން ބައިވެރިވެޑައިގަންނަވާނެއެވެ.

މި ވެހިކަލް ބުރުގައި އަތޮޅުތެރެއިން، ލ. މާބައިދުގެ ޓީމެއް ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ލ. މާވަށުގައި ވެސް މާދަމާ ވެހިކަލް ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted